މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރޯދަމަހުގެ ރޭތަކާއި ފިޠުރު ޢީދުވިލޭރޭ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑި

ސައިހޮޓަލާއި ރެސްޓޯރަންޓު ހިންގުމުގެ ގަވާއިދު އަދި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، ރޯދަމަހުގެ ރޭތަކާއި ފިޠުރު ޢީދުވިލޭރޭ ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގު ޚިދުމަތްދިނުމަށް ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ އިރުއޮއްސުމާއި މެންދަމު 2:00 އާ ދެމެދުއެވެ.

ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

            ‏27‏ ޝަޢުބާން‏ 1436

14 ޖޫން 2015
ހޯދާ