މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލޭގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް މުދަލުޒަކާތުގެ ފައިސާ ދޫކުރުން

މާލޭގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް މުދަލުޒަކާތުގެ ފައިސާ ދޫކުރުން

2014 ވަނަ އަހަރު މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނުބައިން މާލެސިޓީގައި ނަންނޯޓް ކޮށްފައިވާ ފަޤީރުންނާއި މިސްކީނުންނަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމުގައި ދެންނެވީމެވެ. ފައިސާ ދޫކުރުން އޮންނާނީ 22 ޖޫން 2015 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 10:30 ން 15:00 އަށް ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ އައިޑީކާޑު ހިފައިގެން ބަދަލުގައި މީހަކު އައި ކަމުގައި ވީނަމަވެސް އެއީ އައިޑީކާޑުގެ ވެރިފަރާތުން ފޮނުވި މީހެއްކަމަށް ބަލައި، އެފަރާތުގެ ފައިސާ އައިޑީކާޑު ގެންނެވި ފަރާތަށް ދޫކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ