ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ (1 އަހަރު ކޮންޓްރެކްޓް)

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް މެނޭޖަރ (1 އަހަރު ކޮންޓްރެކްޓް)

އަދަދު:01

އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1950ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމްޕޯޓް ކުރެވޭ ފިއުލް އަދި ސްޓޭޕަލް މުދާ ސުޕަވައިޒްކޮށް ބެލެހެއްޓުން
  • ފިއުލް އިމްޕޯޓް ކުރުމަށް ބޭނުންވާ ޝިޕް ޗާޓާ މަޝްވަރާތައް ކުރުމާއި ޝެޑިއުލްކުރުން
  • އިމްޕޯޓް ކުރެވޭ ކާގޯ އުފުލުމަށް ޝެޑިއުލްކޮށް ހަމަޖެއްސުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީފާހެއް ލިބިފައިވުން
  • ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން
  • ޕްރޮކިއުމަންޓް ދާއިރާއިން މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 15 (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261، ވެބްސައިޓް: www.stomaldives.com

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ