ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސުޕަރވައިޒަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސުޕަރވައިޒަރ

އަދަދު: 1

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މުސާރަ: 5610.00 ރ

މަސައްކަތް ކުރަންޖެހޭތަން: ފައިނޭންސް – ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1350.00ރ އާއި 4000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓަންޓަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

  • ދުވަހުން ދުވަހަށް ނިންމަންޖެހޭ ލިޔެކިޔުންތައް ރަގަޅުތޯ ބެލުން އަދި މަސައްކަތްތައްބަލާ މޮނީޓަރ ކުރުން
  • އެކުގައި މަސައްކަތް ކުރާ ޖޫނިއަރ މުވައްޒަފުންގެ މަސައްކަތް ބަލާ ސުޕަވައިޒް ކުރުން
  • ބޭނުންވެއްޖެ ހިދެއްގައި ލިޔެކިއުންތައް އެޕްރޫވް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމާ ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން
  • މިނިމަމް ސުޕަރވިޝަން ގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
  • ސުޕަރވިޝަން/ މެނޭޖިރިއަލް ސްކިލްސް ހުރުން
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތަކަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯރގެނައިޒޭޝަން ޕލކ، ބޮޑުތަކުރުފާނު މަގު، މާފަންނު،

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344273، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com

09 ޖޫން 2015
ހޯދާ