މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ޑެޓް ޕޯޓްފޯލިއޯ އެނަލިސްޓް (އެމް.އެސް 3)

މަޤާމު:

ސީނިއަރ ޑެޓް ޕޯޓްފޯލިއޯ އެނަލިސްޓް (އެމް.އެސް 3)  

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން/ ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް، އިކޮނޮމެޓްރިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް، އިކޮނޮމެޓްރިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ދަޢުލަތުގެ މީޑިއަމް ޓަރމް ޑެޓް ސްޓްރެޓެޖީ އެކުލަވާލުމާއި ފާސްކުރުމަށް ހުށަހެޅުން އަދި ފާސްކުރެވޭ ސްޓްރެޓެޖީ ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން
  • ފާސްކުރެވޭ ޑެޓް ސްޓްރެޓެޖީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވެލްގެ ސަމާލުކަމަށް ގެނެސް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލް (އެފް.އާރް.އެލް) ގައި ހިމެނިފައިވާ ޓާރގެޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކުގެ ފައިނެންޝިއަލް އިވޭލުއޭޝަން ހެދުމާއި ލަފާ ދިނުން 
  • ދައުލަތުގެ ބަޖެޓަށް ތައްޔާރުކުރަންޖެހޭ (ހ) ޑިސްބަރސްމަންޓް ޓޭބަލާއި، (ށ) ގްރާންޓް ޓޭބަލާއި، (ނ) ސަބްސްކްރިޕްޝަން ޓޭބަލާއި، (ރ) ސަބްސިޑިއަރީ ލޯންތަކުގެ ހިސާބްތަކާއި (ބ) ޕީ.އެސް.އައި.ޕީ ފޯމްތަކާއި، ލޯކަލް ކޮމްޕޯނަންޓް ޓޭބަލްއާ ޓޯޓަލް ޑެޓް ޝީޓް ކޮމްޕައިލްކޮށް ނެޝަނަލް ބަޖެޓް ސެކްޝަނަށް ހުށަހެޅުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކަށް ތައްޔާރުކުރާ ލޯން/ގެރެންޓީ ޕްރޮފައިލް ޗެކްކުރުމާއި އެޕްރޫވްކުރުން
  • ދައުލަތުން ނަގާ ލޯނުތަކުގެ ރިސްކުގެ މިންވަރު ދެނެގަތުމާ، ރިސްކުތައް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  • ޑެޓް މެނޭޖްމެންޓް ކޮމިޓީގެ މަޤްސަދު ޙާސިލްވާގޮތަށް ކޮމެޓީގެ މަސައްކަތް ރާވާ ބެލެހެއްޓުން
  • އޮޕަރޭޝަނަލް ރިސްކް ޕޮލިސީގެ ޑްރާފްޓް އެކުލަވާލާ، ފާސްކޮށް އިމްޕްލިމެންޓްކުރުން
  • ދައުލަތުގެ ޖުމްލަ ދަރަނި ކޮންސޮލިޑޭޓް ކޮށްފައިވާ ޓޯޓަލް ޑެޓްޝީޓް ޗެކްކުރުން
  • ދައުލަތުގެ ދަރަނީގެ ބުލެޓިން ތައްޔާރުކޮށް ޝާއިއުކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ތަޢުލީމް ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ:% 12)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

23 ޖޫން 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339 / 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން ބޭއްވޭނެއެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ