ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަން ހިފުމަށް

އިމާރާތެއް ކުއްޔަން ހިފަން ބޭނުންވެއްޖެ

ގެސްޓް ހައުސް ވިޔަފާރި ހިންގުމަންޓަކައި، މަދުވެގެން އެޓޭޖް ބާތުރޫމާއެކު 5 ކޮޓަރި، ސިޓިންގ ރޫމް ހިމެނޭ ގޮތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ،ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖޫން 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު 25 ޖޫން 2015 ވާ (ބުރާސް ފަތި) ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން އަގު ހުށަ ހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަ ހެޅުއްވުމަށްޓަކައި ވަޑައި ގަންނަވާ ބޭފުޅުން ވަޑައިގަންނަވާނީ ހުވަދު އަތޮޅުދެކޮނުބުރީ އަތޮޅުކައުންސިލް އިދާރާގެ މީޓިންގރޫމަށް (ގދ. އަތޮޅު ގޭގެ ސިޓިންގ ރޫމް) ކަމުގައިވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމު ފުރުޞަތު ހަމަޖެހިފައި ނެތްކަމުގައި ވެސް ދެންނެވީމެވެ. އަގު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކަމުގައި ވެސް ދަންނަވަމެވެ.

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ