ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެފް.އެޗް.ޓީ.އެސް ދަނާލުގައި 2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ދިރިއުޅެން ބޭނުންވާ އަންހެން ދަރިވަރުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އެފް.އެޗް.ޓީ.އެސް ދަނާލުގައި2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ދިރިއުޅެން ބޭނުންވާ އަންހެން ދަރިވަރުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އެފް.އެޗް.ޓީ.އެސް ދަނާލުގައި 2015 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ދިރިއުޅެން ބޭނުންވާ އަންހެން ދަރިވަރުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ދަރިވަރުންގެ އެހީތަކާ ބެހޭބައިންނެވެ. ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ ހަވީރު 15:00 އެވެ. ޖާގަ ދެވޭނޭ ފަރާތްތައް ހޮވުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ 17 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ  އިދާރީ މަރުކަޒު (އޭ.ބްލޮކް) ގެ އޮޑިޓޯރިއަމްގައެވެ. ނަމަވެސް 17 ޖޫން 2015 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެނަމަ، ދެން ގުރުއަތުލުން އޮންނާނީ 18 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

މިދަނާލަކީ އަންހެން ކުދިންނަށް ޚާއްޞަ ދަނާލެކެވެ. މިދަނާލަށް ވަނުމުގެ ކުރިން ދަނާލު ބަލާލުމުގެ ފުރުޞަތު ސްޓޫޑަންޓް ސަޕޯރޓާ ގުޅިގެން ކުރިއަށް ގެންދެވިދާނެއެވެ. މި ދަނާލުގެ ފީ އަކީ ދަރިވަރަކަށް -/600 ރުފިޔާއެވެ. ކޮންމެ ކޮޓަރިއެއްގައި ތިބުމަށް ހަމަޖެހިފައިވަނީ ހަތަރު (4) ދަރިވަރުންނެވެ.

ގުރުއަތުލުމަށްޓަކައި ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚަށް ފަހުގައިވެސް ދަރިވަރުން ހުށަހަޅަމުންދާ ފޯމުތައް ބަލައިގަންނާނެއެވެ. އަދި ފޯމުތައް ބަލައިގަނެވޭ ތަރުތީބުން، ޖާގަ ހުސްވަމުންދާ ވަރަކުން އެދަރިވަރުންނަށް ޖާގަ ދެވެމުންދާނެއެވެ.

ކަނޑައެޅިފައިވާ މުއްދަތަށް ފޯމު ހުށަހަޅާފައިވާ ދަރިވަރުންގެ ސީ.ޖީ.ޕީ.އޭ އެއްކަމަށް ބަލާނީ މުއްދަތު ހަމަވާ ދުވަހު އޮތް ސީ.ޖީ.ޕީ.އޭ އެވެ. ކޯހަކީ ސީ.ޖީ.ޕީ.އޭ ބެލެން ނޯންނަ ކޯހެއްނަމަ 2015 ގެ ފުރަތަމަ ސެމިސްޓަރުގައި ފުލްޓައިމްކޮށް ރަޖިސްޓަރީ ކޮށްގެން ކިޔަވައިފައިވާ އަދި ކުރީގެ ހުރިހާ ސެމިސްޓަރެއްގައި ކިޔެވި ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންކަމުގައިވާން ޖެހޭނެއެވެ. އަދި ބްލޮކް މޯޑުގައި ކިޔަވައި ދަރިވަރުންނަށް ދަނާލުން ފުރުޞަތު ލިބޭގޮތަށް ހަމަޖެހިފައި ނުވެއެވެ.

ޔުނިވަރސިޓީ ކައުންސިލުން ފާސްކުރައްވާފައިވާ، ދަނާލުތަކުން ޖާގަދިނުމުގެ އުސޫލުގެ ކޮޕީއެއް މި އިޢުލާނާ އެކުގައި އެވަނީއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ގުޅުއްވާނީ 3345172 އާއެވެ. 

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ