މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
8 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ރ. އިނގުރައިދޫ ސްކޫލުގެ 8 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް:

ރ. އިނގުރައިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 8 ކްލާސްރޫމް (2 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:30

29  ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ