ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ގަންނަން

ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ:

މި ބިއުރޯއަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

- 3 ހައި އެންޑް ކޮމްޕިއުޓަރ ސިސްޓަމް

- 8 ލެޕްޓޮޕް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 17 ވާ ބުދަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު 3349394 ، 3349404 ، 3349405 ފޯނާ ގުޅުއްވުން އެދެމެވެ.

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ