ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގދ. އަތޮޅުގޭގެ ވީ.ވީ.އައިޕީ ކޮޓަރި  ކުއްޔަށް ދޫކުރާގޮތަށް ހަމަޖެއްސުން
                                ސިޔާސީ ޕާޓީތަކުގެ އިސްވެރިން ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ތަކުގައި ތިނަދޫގައި މަޑުކޮށްލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ގދ. އަތޮޅުގޭގެ ވީ.ވީ.އައިޕީ ކޮޓަރި ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާފައިވާ ގޮތަށް ދުވާލަކު -/2000ރ ( ދެހާސް ރުފިޔާ ) ގެ ރޭޓުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ގޮތުގައި ބަލާފައިވަނީ ޕާޓީތަކުގެ ރައީސުންނާއި ލީޑަރުންނާއި ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             20 ޖޫން 2013
            
        
                    ހޯދާ  
                
                 
                    