ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހަދިޔާ ބަންދުކުރާ ފޮށި ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

ހަދިޔާ ބަންދުކުރާ ފޮށި ހައްދަވައިދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް، ތިރީގައި މިދަންނަވާ ތަކެތި، 2 އަހަރު ދުވަހުގެ މުއްދަތަށް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން މިއޮފީހުން ކުރި ނަންބަރު IUL)1-FA(B)/1/2015/29)ފ(26 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް ބޮޑުކަމަށްފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

1. ލިޔެލާޖެހި އެއްޗެހި ބަންދުކުރާފޮށި

2. ކުނާ ބަންދުކުރާ ފޮށި

3. އަސާ ބަންދުކުރާ ފޮށި

4. ދޯނި ބަންދުކުރާ ފޮށި

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޖޫން 8 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ