ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މިއީ، މި ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށްޓަކައި ކުރެވުނު މި ކޯޓުގެ ނަންބަރު 06/2015/(IUL)P2C) އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން ކޮށްފައިވާ އިޢުލާނެކެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:  ދާއިމީ
މަޤާމުގެ ރޭންކް:  ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސް:

 އަސާސީ މުސާރައިގެ %35

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރާއި  ޤާބިލްކަން  ސާބިތުކޮށްދިނުމާއި،   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށްޓަކައި، ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް:

ކޯޓުގެ ޝަރުޢީ އެންމެހައި މަސައްކަތާއި، އިދާރީ އެންމެހައި މަސައްކަތް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް، 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ