މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މުދާ އުފުލާ އުޅަނދުތަކަށް ނެގޭނެ އަގުތައް

މުދާ އުފުލާ އުޅަނދުތަކަށް ނެގޭނެ އަގުތައް މިއޮތޯރިޓީން ކަނޑައަޅާފައިވާގޮތް ތިރީގައި މިވަނީއެވެ. ނަމަވެސް މިދެންނެވި ގޮތާ ޚިލާފަށް ބައެއް ފަރާތްތަކުން އަގު ނަގަމުންދާކަމުގެ ޝަކުވާ މިއޮތޯރިޓީއަށް ލިބެމުންދާތީ މުދާ އުފުލުމަށް ކަނޑައަޅާފައިވާ އަގުތަކުގައި އެޚިދުމަތް ފޯރުކޮށްދިނުމަށް ހަނދާންކޮށްދެމެވެ. އަދި މިއާ ޚިލާފަށް ޢަމަލުކުރައްވާ ފަރާތްތަކުގެ މަޢުލޫމާތު (އުޅަނދުގެ ނަންބަރާއެކު) 7943434 މި ނަންބަރަށް އެސްއެމްއެސް ކުރެއްވުމުން ނުވަތަ ލިޔުމަކުން ހުށަހެޅުއްވުމުން ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަވެސް ދެންނެވީމެވެ.

1.5 ޓަނަށްވުރެ ދަށުގެ ޕިކަޕްދަތުރު

 

ހެނދުނު 6ން ރޭގަނޑު 12އާ ދެމެދު ކުރާ ދަތުރަކަށް

-/40 ރުފިޔާ

ރޭގަނޑު 12ން ހެނދުނު 6އާ ދެމެދު ކުރާ ދަތުރަކަށް

-/50 ރުފިޔާ

ގަޑި ދަތުރަކަށް 1ގަޑިއިރަށް

-/140 ރުފިޔާ

 1.5 ޓަނުން ފެށިގެން 2 ޓަނާ ހަމައަށް ޕިކަޕް ދަތުރު

ހެނދުނު 6 ން ރޭގަނޑު 12އާ ދެމެދު ކުރާ ދަތުރަކަށް

-/70 ރުފިޔާ

ރޭގަނޑު 12 ން ހެނދުނު 6 އާ ދެމެދު ކުރާ ދަތުރަކަށް

-/80 ރުފިޔާ

ގަޑި ދަތުރު 1 ގަޑިއިރަށް

-/180 ރުފިޔާ

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ