ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެޗް.އާރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އެޗް.އާރ އޮފިސަރ، ގްރޭޑް-3

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް-3

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/7,200 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އެޑްމިން/އެޗް.އާރ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހުގެ އިދާރީ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ ފެންވަރު) ގެ ސެޓްފިކެޓެއް އޮތުމާއެކު އެޑްމިން/އެޗް.އާރ ދާއިރާގައި 5 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އަލަށް ވައްދާ މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުމާއި، އެމްޕްލޯއީ އެޕްރައިޒަލް ފައިލު ތައްޔާރުކުރުން.
  • ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭގޮތުން ނޯޓިސް ބޯޑަށް އަރުވަންޖެހޭ ލިޔުންތައް ބޯޑަށް އަރުވާ، އެތަކެތި ނަގާ، ފައިލްކުރުން.
  • މުވައްޒަފުން އޮފީހަށް ބުނާ ސަލާމް ބަލައިގަނެ، އަންގަންވާ ފަރާތްތަކަށް އަންގައި ރެކޯޑު ބެލެހެއްޓުން.
  • އެމްޕްލޯއި އެޕްރައިޒަލްއަށް ބެނުންވާ ލިޔުންތައް ތައްޔާރުކުރުމާއި، އެޕްރައިޒަލް ރެކޯޑްސް ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީ ބަލަހައްޓައި ހާޒިރީގެ ރިޕޯޓު ތައްޔާރުކުރުން.
  • މުވައްޒަފުންގެ މަހު މުސާރަ ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭގޮތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  • ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭ ލިޔެކިޔުންތައްތަކުގެ ރެކޯޑްސް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

ނޯޓް:

  • އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

2015 ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން،

ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސްލިބޭ 15 ފަރާތަކަށެވެ.
  • އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޖޫން 28 ން ޖުލައި 02 އާ ދެމެދުއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

14 ޝަޢުބާން 1436

01 މޭ 2015
ހޯދާ