ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޭސީތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޓުގެ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 2015/16/IUL)P2C)ފ(23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މިކޯޓުން މަޢުލޫމާތު ދިނުމުގައި މައްސަލަތަކެއް ދިމާވެފައިވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

12 ޝަޢުބާން 1436

30 މޭ 2015
ހޯދާ