އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ.އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އައި.ޓީ.އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އައި.ޓީ. އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 23 އެޕްރީލް 2015ގައި ކުރެވުނު އިޢުލާނުގެ ތިރީގައިވާ ސެކްޝަނަށް މިކުންފުނިން އިޞްލާޙެއް ގެންނަން ބޭނުންވާތީ، އެސެކްޝަންގެ އަންދާސީހިސާބުތައްވަނީ ބާޠިލުކުރެވިފައެވެ. އަދި ގެންނަން ބޭނުންވާ އިޞްލާޙު ގެނެވި، އަލުން އެސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ. މިގޮތުން އަލުން އިޢުލާންކުރާ ސެކްޝަންގެ މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓް aasandha.mv އިން ލިބެން ހުންނާނެއެވެ.

ސެކްޝަން 5 – މައިކްރޯސޮފްޓް ސޮފްޓްވެއަރ

ވީމާ، މިކަމަށް ކުރިމަތިލަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 03 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 10 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

27 މޭ 2015
ހޯދާ