މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލް ޑެސްކް ގަތުމަށް

ސްކޫލް ޑެސްކު ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.

  • 770 ޕްރައިމަރީ ޑެސްކު (ރާއްޖޭގައިޖަހާ)
  • 820 ސެކަންޑަރީ ޑެސްކު (ރާއްޖޭގައިޖަހާ)

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

01 ޖޫން 2015 (ހޯމަ) ދުވަހުގެ 11:00 އަށް

04 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.

08 ޝަޢުބާން 1436

28 މޭ 2015
ހޯދާ