މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް ތަކެތި ގަތުމަށް

ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ

އަލަށް އިމާރާތްކުރެވުނު ހދ.ހަނިމާދޫ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް ތަކެތި ގަތުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/147) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގެ ލޮޓް 1,3,4,5 މި ތިން ލޮޓަށް ތިންފަރާތުން ބިޑް ހުށަހަޅާފައިނުވާތީ، އަލުން މިލޮޓްތަކަށް އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

01 ޖޫން 2015 (ހޯމަ) ދުވަހުގެ 14:00 އަށް

04 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ