މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޔޫޕީއެސް ހޯދުމަށް

ނެޝަނަލް ހެލްތު ލެބޯޓްރީއަށް 3KVA ޔޫޕީއެސް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 08 ވާ ހޯމަ ދުވަހުގެ 10:00އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ