އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިރަށު މިސްކިތްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 20 ވޯލްފޭން
  • 08 އިމަރޖެންސީ ލައިޓް 2ފޫޓުގެ (ލެޑް)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.

ފޯން: 6680773، ފެކްސް: 6680878، އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ތަކެތި ސަޕްލައި ކޮށްދެވޭނެ މުއްދަތު އެނގެން އޮންނަން ވާނެއެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގަށް %80 މާކްސް
  • ޚިދުމަތުގެ އަވަސްމިނަށް %20 މާކްސް

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ