މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަަރީ ބަންދުކުރުމާ ބެހޭ

ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީ ބަންދުކުރުމާ ބެހޭ

ކުންފުނީގެ ހިއްސާގެ މޫނުމަތީއަގު -/50 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 1 ހިއްސާ، ބޯނަސް ހިއްސާގެ ގޮތުގައި ދިނުމަށް މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ. އަދި 31 މޭ 2015 ވާ އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބޯނަސް ހިއްސާ ދިނުމަށް ފާސްކުުރުމަށް ހަމަޖެހިފައިވާ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ވާނީ ނަންބަރު:MTCC-CORP/IU/2015/87 އިޢުލާނުން ޢާންމުކޮށް އަންގައި އިޢުލާންކޮށްފައެވެ.

ބޯނަސް ހިއްސާ ދިނުމަށް ހަމަޖެހިފައިވަނީ، 31 މޭ 2015 ވާ އާދީއްތަ ދުވަހާ ހަމައަށް، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް ކަމަށްވާތީ، ބޯނަސް ހިއްސާއާއެކު ހިއްސާދާރުންގެ ރަޖިސްޓަރީ އަޕްޑޭޓްކުރުމަށްޓަކައި ހިއްސާދާރުންގެ ރަޖިސްޓަރީ، ކުންފުނީގެ ހިންގާ ގަވާއިދުގެ 26 ވަނަ މާއްދާ އަދި ލިސްޓިިންގ ރޫލްސްގެ 3.2 ވަނަ މާއްދާގެ ދަށުން 7 ދުވަހުގެ ނޯޓިސްއާއެކު، 1 ޖޫން 2015 ވާ ހޯމަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް (5 ޖޫން 2015 ވާ ހުކުރު ދުވަހުގެ ނިޔަލަށް) ބަންދުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމެވުމާ ގުޅިގެން މިކަން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

05 ޝަޢުބާން 1436

23 މޭ 2015
ހޯދާ