މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ލައިސަންސް ބާޠިލުވުމާއި އެލައިސަންސަށް ދައްކަންޖެހޭ ފީ އަދި ޖޫރިމަނާ ދެއްކުން

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ލައިސަންސް ބާޠިލުވުމާއި އެލައިސަންސަށް ދައްކަންޖެހޭ ފީ އަދި ޖޫރިމަނާ ދެއްކުން

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އަދި ރިބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ)ގެ ދަށުން ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަހަރީ ފީއަކީ ކޮންމެ އަހަރެއް ފެށޭއިރު ބްރޯޑްކާސްޓަރުން/ރިބްރޯޑްކާސްޓަރުން ކޮމިޝަނަށް ދައްކަންޖެހޭ ފީއެއްކަން އެނގެން އޮތުމާއި، އެ ފީ ދެއްކުމަށް އޮންނަ އެންމެ ފަހު ތާރީޚަކީ (ޖޫރިމަނާވުމަކާ ނުލައި) އެ އަހަރެއްގެ މާރިޗުމަހުގެ އެންމެ ފަހު ދުވަސްކަން އެނގެން އޮތުމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ބާޠިލުވެއްޖެނަމަ ނުވަތަ ބާޠިލުކޮށްފިނަމަ އެ އެލައިސަންސެއް ބާޠިލުކުރިއިރު ނުވަތަ ބާޠިލުވިއިރު ހިނގަމުންދާ އަހަރަށް ދައްކަންޖެހޭ ލައިސަންސްގެ އަހަރީ ފީ، ލައިސަންސްގެ ވެރިފަރާތުން ކޮމިޝަނަށް ދައްކަންވާނެއެވެ.

އަދި އެ އަހަރަށް ދައްކަންޖެހޭ ލައިސަންސްގެ އަހަރީ ފީ އެ އަހަރުގެ 31 މާރިޗުގެ ނިޔަލަށް ނުދައްކައިގެން ގަވާއިދުގައިވާގޮތުގެ މަތީން ދުވާލަކަށް -/2،000ރ ގެ މަގުން ހިނގާ ޖޫރިމާނާ ދެމިއޮންނާނީ ލައިސަންސް ބާޠިލުކުރާ ނުވަތަ ބާޠިލުވާ ދުވަހާ ހަމައަށް ކަމާއި، މިގޮތުން ހިނގާފައިވާ އެއްވެސް ޖޫރިމަނާ ފައިސާއެއް ވާނަމަ، ބާޠިލުވި ލައިސަންސްގެ ވެރިފަރާތުން އެ ފައިސާއެއް ކޮމިޝަނަށް ދައްކަންވާނޭކަން އަންގައި އިޢުލާން ކުރަމެވެ.

02 ޝަޢުބާން 1436

20 މޭ 2015
ހޯދާ