ބ. ތުޅާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ

މަޤާމު އޮތްތަން

ބ. ތުޅާދޫ ސިއްހީމަރުކަޒު

މަސައްކަތް ކުރަންޖެހޭ ތަން

ބ. ތުޅާދޫ ސިއްހީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޞިއްޙީމަރުކަޒުގެރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދާރީވުމާއި އެކޯލްތައް ގުޅުވައިދެންޖެހޭ ފަރާތްތަކާ ގުޅުވައިދިނުން
  • ޚިދުމަތްހޯދަން އަންނަ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މެމޯދޫކުރުން، އަދިއެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން
  • ރިސެޕްޝަނަށްލިބޭ ފައިސާބަލައިގަތުމާއި، ފައިސާ ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން
  • އާސަންދައިގެ ދަށުންކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް '3' ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަސް އިންޓަރވިއު ކޮށްގެން

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާ
  • ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތައް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަގެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ބ. އަތޮޅު ހޮސްޕިޓަލް ނުވަތަ ބ.ތުޅާދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން  އެނގޭ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

މިވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 8 ޖޫން 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބ. ތުޅާދޫ ޞިއްޙީމަރުކަޒަށެވެ. އަދި މެއިލްގެ ޒަރިއްޔާއިން ފޮނުވޭ ލިއުންތައްވެސް ބަލައިގަނެވޭނެ ކަމުގައި ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މުވައްޒަފުން ހޯދުމަށްކުރެވޭ އިންޓަރވިއު އޮންނާނެ ދުވަހެއް އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އަދަދު 15 އަށް ގިނަވާނަމަ ތަޢުލީމީ ފެންވަރާ، ތަރުރިބާ، އަދި މަސައްކަތުގެ ހުނަރު ބެލުމަށްފަހު ސޯޓްލިސްޓްކުރެވޭ 15 ފަރާތަކަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ބ. ތުޅާދޫ ޞިއްޙީމަރުކަޒު 6600117 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

24 މޭ 2015
ހޯދާ