އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙާބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޓެލަރ

ބޭނުންވާ އަދަދު:

02

 

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް: GS2

މުސާރަ

މަހަކު -/4،000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް/ ސެކްޝަން

ކަސްޓަމަރ ރިލޭޝަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ މެމޯ ހަދައި ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް ރީތިބަހުން ހޮތްހެޔޮކަމާއެކު މުޢާމަލާތުކުރުމާއި އެހީތެރިވެދިނުން.
  • ޑިއުޓިގައި ލިބުނު ފައިސާގެ ޕީރިއޮޑިކް ރެވެނިއު ޝީޓް ނެގުމުން އެއަށް ފައިސާ ހަމަކޮށް އެވަގުތު އިސްކޮށް ޑިއުޓީގައި ހުރި ކޭޝިއަރަކާ ހަވާލުކުރުން.
  • އެޑްމިޓް ވުމަށް އަންނަ ބަލިމީހުންނަށް އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުން.
  • ކްރެޑިޓްގެ ގޮތުގައި ހެދުނު މެމޯތަކުގެ ސްލިޕްތަކާއި ކެންސަލް ކުރެވުނު މެމޯތައް އަދި ސެޓްލްމަންޓް ހެދިފައިހުރި އިންވޮއިސްތަކުގެ މެމޯތައް ކޭޝިއަރާ ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރުބެލެވޭނެއެވެ.)
  • (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)
މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް/ ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް/ ސްޓޯރ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮފީސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • މުދާ ގުދަނުގައި ޖެހުން.
  • ސްޓޯރުުން މުދާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.
  • ސިޓީ، ނޯޓް ފަދަ ތަކެތި އެއްސެކްޝަނުން އަނެއް ސެކްޝަނަށް ގެނެސް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މިމަގާމަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރުބެލެވޭނެއެވެ.)
  • (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  • މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ  ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.) އަދި މިހޮސްޕިޓަލުގެ ވެބްސައިޓުން www.igmh.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅުއްވަންވާނެވެ.
  • ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯންނަންބަރު އޮންނަށް ވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުމުގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

28 މޭ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30ން މެންދުރުފަހު 14:30އަށް

ސުންގަޑި

07 ޖޫން 2015 އާދީއްތަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަދި 07 ޖޫން 2015 އާދީއްތަ ދުވަހުގެ 14:30ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރު މައުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.

25 މޭ 2015
ހޯދާ