މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: މެނޭޖަރ ،ގްރިވެންސް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ހިއުމަންރިސޯސް ޑިވިޜަން

ޝަރުޠު:

  • ބެޗެލާސް ޑިގްރީ ނުވަތަ މާސްޓާރ އިން ހިއުމަން ރިސޯސް މެނޭޖަމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭދާއިރާއަކުން މިފެންވަރުގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/22,000 އާއި -/20,000 ރުފިޔާ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ގްރިވަންސް ޕޮލިސީގައިވާ ގޮތުގެމަތިން މުވައްޒަފުންގެ ގްރިވެންސް ބެލެހެއްޓުން.
  • ހުށައެޅިފައިވާ ގްރީވެންސް މައްސަލަތައް ބަލާ، ތަޙްޤީގުކޮށް، ގަވާއިދާ އެއްގޮތަށް ކަޑަ އެޅިފައިވާ ވަގުތަށް މައްސަލަ ނިންމުން.
  • ހުށައެޅިފައިވާ ގްރީވެންސް ކޭސް ފައިލްތައް ތައްޔާރުކޮށް ގްރިވެންސް ކޮމެޓީއަށް ހުށަހެޅުން.
  • ކަޑައެޅިފައިވާ ވަގުތުން ވަގުތަށް ޑިސިޕްލިނަރީ މައްސަލަތައް ބަލާ، ޕޮލިސީއާއި އެއްގޮތަށް ފިޔަވަޅު އެޅުން.
  • ކުންފުނީގެ އެމްޕްލޯއީ ރިލޭޝަންސް ޕްރޮގްރާމާއި ޕޮލިސީތަކާއި ޕްރޮސީޖަރތައް ޑިޒައިންކޮށް، ރާވާ ތަންފީސްކުރުން.

މަޤާމު:  އެސޯސިއޭޓް މެނޭޖަރ، ހިއުމަން ރިސޯސް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ހިއުމަން ރިސޯސް ޑިވިޜަން

ޝަރުޠު:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް އިން ޑިގްރީ ހާސިލުކޮށްފައިވުން.
  •  ހިއުމަން ރިސޯސް އާއި ގުޅުންހުރި، މެނޭޖަރ ފަންތީގެ މަޤާމެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މުސާރަ އާއި އިނާޔަތްތަކަށް: -/17,000 އާއި -/18,500 ރުފިޔާ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ ބޭނުންތަކާއި އެއްގޮތަށް އޯގަނައިޒޭޝަނާއި، މަސައްކަތުގެ ހުނަރުވެރިކަން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ފަރާތުންލިބޭ އެއްބާރުވުން އިތުރުކުރުމަށް މި ދާއިރާތަކަށް ބޭނުންވާ އެޗް.އާރް ސްޓްރެޓްޖީތަކާއި ޓެކްޓިކަލް ޕްލޭންތައް ތައްޔާރުކުރުމަށް އެހީތެރިވުން.
  •  ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާއި އެއްގޮތަށް އެޗް.އާރް.ގެ ޕޮލިސީތައް މުރާޖަޢާ ކުރުމާއި، ތަންފީސްކުރުމުގައި އެޗް. އާރް. ޓީމާއިއެކު އެމް.އޭ.ސީ.އެލް. ގެ ވިޔަފާރީގެ ލަނޑުދަނޑިތަކާއި، ސްޓްރެޓްޖީތަކާއި އަރާރުންނުވާނޭހެން މަސައްކަތްކުރުން.
  • އެޗް. އާރް. ޕްލޭނިންގ އާއި، މުސާރައިގެ އިނާޔަތްތަކާއި، މުވައްޒަފުންނާ ބެހޭ ގަވާއިދުތަކާއި، މަސައްކަތުގެ ފެންވަރުބެލުމާއި، ކެރިއަރ ރޭވުމާއި، މުވައްޒަފުންނަށް ދެވޭ ތަމްރީންތަކާއި، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ސަކްސެޝަން ޕްލޭނިންގ ފަދަ އޭރިއާތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުން.

މަޤާމު: ކޮމާޝަލް އޮފިސަރ ގްރޭޑް 1 (އެޑްވަޓައިޒިންގ، ލޯންޖް/ އެފް އެންޑް ބީ)

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކޮމާޝަލް އެންޑް މާކެޓިންގ

ޝަރުޠު: ބިޒްނަސް، ކޮމާސް، މެނޭޖްމަންޓް، މާކެޓިންގ ނުވަތަ ހޮސްޕިޓަލިޓީ މިއިން ދާއިރާއަކުން ބެޗެލަރ ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަދުވެގެން 01 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ބިޒްނަސް، ކޮމާސް ނުވަތަ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު މަދުވެގެން 1 އަހަރާއި 6 މަސްދުވަހުގެ ތަޖުރިބާ ލިވިފައިވުން، ނުވަތަ އޭލެވެލްއާއި އެއްފެންވަރުގެ ފާހެއް ލިބިފައިވުމާއެކު 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/12,000 އާއި -/11,000 ރުފިޔާ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށްޓަކައި އެސޯސިއޭޓް މެނޭޖަރގެ އިރުޝާދުގެ ދަށުން ވިޔަފާރިކުރުމަށް ރޭވިފައިވާ އުކުޅުތަކުގެ ބޭނުންކޮށް، ސްޓޭކް ހޯލްޑަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • ކޮންޓްރެކްްޓް ލިޔެކިޔުންތައް ތައްޔާރުކޮށްކުރުމަށްޓަކައި އެސޯސިއޭޓް މެނޭޖަރ އަށް އެހީތެރިވުން.
  • ވިޔަފާރިއާ ބެހޭ އެންމެހާ ކަންތައްތަކަކީ ހުރިހާ ޕޮލިސީތަކާއި، ޕްރޮސީޖާރތަކާއި، ގައިޑްލައިންތަކާއި އަދިވެސް މިއާ ގުޅުންހުރި ގަވާއިދުތަކަށް ރިޢާޔަތްކުރެވި، އެއާއި އެއްގޮތަށް ޢަމަލުކުރެވިފައިވާ ކަންތައްތައްތޯ ޔަޤީންކުރުން.
  • އެއަރޕޯޓުގައި މައްސަކަތްކުރާ އެހެން އެޖެންސީތަކަށް އޮފީސް ޖާގަ ކުއްޔަށް ދޫކުރުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން މަސައްކަތްކުރުން.
  • އޮފީހަށް ބައްދަލުވުންތަކަށް އަންނަ މެހެމާނުންނަށް މަރުޙަބާ ދެއްނެވުމާއި، އެމީހުން އެބައްދަލުވުން އޮންނަތަނަށް ގެންދިއުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 01 ޖޫން 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ޝަޢުބާން 1436 ހ 

26 މޭ 2015
ހޯދާ