މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް. 2)

ބޭނުންވާ އަދަދު:

1

މުސާރަ:

-/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން/ އެޑްމިނިސްޓްރޭޓިވް ޔުނިޓް

މަޤާމްގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ތަފުސީލު

  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިވިޜަނަށް ޖެމްސް އަދި އެހެނިހެންގޮތްގޮތުން އަންނަ ސިޓީ އާއި  އަދި އެނޫންވެސް ލިޔެކިއުންތަކާއި ހަވާލުވެ އެންޓްރީ ބަލަހައްޓައި ޔުނިޓް/ސެކްޝަން/ޑިވިޜަން ގެވެރިއަކަށް ދަންނަވައިގެން އެއަށް ޢަމަލުކުރުން.
  • ހަވާލުކުރާ މަސައްކަތުގެ ލިޔެކިޔުންތައް ފައިލުކުރުމާއި އެފައިލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޑިވިޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އެފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ޑިވިޜަންއިން ފޮނުވަންޖެހޭ ޑެއިލީ ޔައުމިއްޔާ ޗެކްކޮށް/ލިޔެ ބެލެހެއްޓުން.
  • ނޭޝަނަލް ޓެންޑަރ ބޯޑުގެ ޖަލްސާތައް އިންތިޒާމުކުރުވައި ޔަޢުމިއްޔާތައް ޗެކްކޮށް/ލިޔެ ބެލެހެއްޓުން.
  • ނޭޝަނަލް ޓެންޑަރ ބޯޑުގެ މެމްބަރުންނަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ދެންނެވުންތައް ޑިވިޜަންގެ ވެރިޔާގެ ލަފަޔާއެކު ފޮނުވުން.
  • ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުންތަކާއި އެހެނިހެން ލިއުންތައް ކަމާބެހޭ އިދާރާތަކަށް ފޮނުވައި ބެލެހެއްޓުން.
  • ޑިވިޝަނުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން އަދި އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ ހުރިހާ މަސައްކަތެއްގެ ޒިންމާދާރުގޮތެއްގައި ބެލެހެއްޓުން (އޯވަރސީ ކުރުން)
  • ޑިވިޜަންގެ އަހަރީ ރިޕޯޓު ތައްޔާރު ކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

09 ޖޫން 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރުު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. 

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ