މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯރޓް ފުލް ސްކޭލް އިމަރޖެންސީ އެކްސަރސައިޒް 2015 ( މާކަނާ – 2015 )

ސަރކިއުލަރ  

  2015       

އެއަރޕޯރޓް ފުލް ސްކޭލް އިމަރޖެންސީ އެކްސަރސައިޒް 2015 ( މާކަނާ – 2015 )

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހިނގާފާނެ ކުއްލި ޙާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާންޖެހޭގޮތް ބަޔާންކޮށްފައިވާ " އެއަރޕޯރޓް އިމަރޖެންސީ ޕްލޭން" ޓެސްޓް ކުރުމާއި، މިފަދަ ޙާދިސާއެއްގައި ހަރަކާތްތެރިވާގޮތް ވަޒަންކުރުމުގެ މަޤްސަދުގައި 10 ޖޫން 2015 ވާ ބުދަ ދުވަހު 1600 އާއި 1930 އާ ދެމެދު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ފުލްސްކޭލް އިމަރޖެންސީ އެކްސަރސައިޒެއް ހިނގަމުން ދާނެއެެވެ. އަދި އެއަރޕޯރޓްގައި މިތަމްރީން ޕްރޮގްރާމް ހިނގަމުންދާ ވަގުތު، މިކަމާގުޅޭ ބައެއް ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައިވެސް ކުރިޔަށް ދާނެއެވެ.

މިތަމްރީނުގައި ޒަހަމްވެފައިވާކަމަށް ދައްކުވައިދޭ ފަސިންޖަރުން ވައިގެ ބަނދަރުން އައި.ޖީ.އެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުގެ ހަރަކާތްތައް ހިނގަމުންދާ މަންޒަރު ފެނިވަޑައިގެންފިނަމަ، މިކަމާމެދު ކަންބޮޑުވެވަޑައި ނުގަތުމަށް ދެންނެވީމެވެ. މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތިޔަ އެންމެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިދެންނެވީމެވެ.

އަދި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށާއި މާލެ އާއި ހުޅުމާލޭގައި އުޅުއްވާ ބޭފުޅުންނަށް، މިތަމްރީންތައް ހިންގަމުންދާ ވަގުތު ދިމާވެދާނެ ދަތިތަކަކަށްޓަކައި މިކުންފުނީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ވާހަކަ ދެންނެވީމެވެ.

AIRPORT FULL SCALE EMERGENCY EXERCISE 2015 ( MAAKANA – 15)

Ibrahim Nasir International Airport will conduct its biennial Full Scale Emergency Exercise on Wednesday, 10th June 2015. Commencing at 1600hrs to 1930hrs, the exercise will provide participating agencies and organizations with the opportunity to test their emergency procedures and trainings.

This type of exercise ensures that the Airport is prepared for any emergency incidents, and allows for evaluation of control and coordination between all responding agencies.

Therefore, the activities of the exercise will be in progress at Male’, Hulhumale’ and Ibrahim Nasir International Airport. This Exercise will involve simulation of severely injured casualties and transportation of these casualties and transportation of these casualties to the designated medical care facilities which include IGMH and Hulhumale’ Hospitals.

Smoke and fire will be visible in the vicinity of Ibrahim Nasir International Airport from the simulated accident site.

We apologize for any inconvenience caused during this exercise.

      ____________________________________              

            

17 މޭ 2015
ހޯދާ