މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ގްރެފިކް ޑިޒައިނަރ (ވަގުތީ)

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

ބޭނުންވާ އަދަދު:

01

މުސާރަ: މަހަކު -/5,610 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ގްރެފިކް ޑިޒައިން ސޮފްޓްވެއަރ ބޭނުންކޮށްގެން ޕޯސްޓަރފަދަ ތަކެތި ތައްޔާރުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  - ގްރެފިކް ޑިޒައިނިންގ، އޮޓޯކޭޑް، ކޮރަލްޑްރޯ، ފޮޓޯޝޮޕް، ސްޕްރެޑްޝީޓް ބޭނުންކުރަން އެނގުން

  - ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

  - މިމަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

  - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

14

މުސާރަ: މަހަކު -/4,465 ރުފިޔާ        

ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

މިނިސްޓްރީ އޮފް ހޯމް އެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާގެ ސެޓުފިކެޓުތައް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • މިނިވަން ފަންސާހާ ގުޅިގެން ރޭވިފައިވާ އިވެންޓްތަކާ ގުޅޭގޮތުން އިވެންޓް ޑައިރެކްޓަރުން ހަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  • އިވެންޓްތަކާ ގުޅިގެން އަތޮޅުތެރޭގެ ރަށްރަށަށް ގޮސް މަސައްކަތް ކުރުން.
  • އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  - ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

  - ދިވެހި އަދި އިނގިރޭސިބަހުން ޓައިޕްކުރަން އެނގުން

  - މައިކްރޯސްފޮޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މަޤާމު: އޮފީސް އެސިސްޓެންޓް (ވަގުތީ)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:

އެސް.އެސް 2

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/3,470 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

މިނިސްޓްރީ އޮފް ހޯމް އެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މީގެތެރޭގައި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

މިނިވަން 50 އޮފީހުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މަޤާމު: މަސައްކަތު (ވަގުތީ)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

ބޭނުންވާ އަދަދު:

2

މުސާރަ: މަހަކު -/3,100 ރުފިޔާ        

ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ

އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަަަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮންމެ ދުވަހަކުވެސް އޮފީސް ފޮޅައި ސާފުކުރުން
  2. އޮފީހުގެ ފާޚާނާއާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން
  3. އެކިއެކި ބައްދަލުވުމަށް ބޭނުންވާ ސައިގެ ކަންތައްތައް ހަމަޖެއްސުން
  4. އަދި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

14 ޖޫން 2015 ން 30 ޖޫން 2015 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މިމަޤާމުތަކަށް ހޮވޭ މުވައްޒަފުން ޚިދުމަތްކުރަންޖެހޭ މުއްދަތަކީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ކުރިން މަސައްކަތްތައް ނިމިއްޖެނަމަ، މި މަޤާމުތަކަށް ހޮވޭ ފަރާތްތަކާމެދު ވެވިފައިވާ އެއްބަސްވުން އުވާލެވޭނެއެވެ.
  • މި މަޤާމުތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

25 މޭ 2015
ހޯދާ