ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ފޮޓޯގްރަފީގެ މަސައްކަތަށާއި ކޭޝިއަރުންގެ މަޤާމަށް ގެނެސްފައިވާ ބިދޭސީންނާ ބެހޭ

ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ، ދިވެހި ޒުވާނުން ވަޒީފާއަށް ނެރުމަށް ސަރުކާރުން ގެންދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން "ފޮޓޯގްރަފީ" ގެ މަސައްކަތަށާއި ކޭޝިއަރުންގެ މަޤާމަށް ކޯޓާ ދޫނުކުރުމަށާއި، ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މިފަދަ ބިދޭސީން ފުރުވާލައި އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް ހުށަހެޅުމަށް ތަފާތު އެކި ފޯރަމްތަކުގައި ވަނީ އިލްތިމާސްކުރެވިފައެވެ.

ވީމާ، "ފޮޓޯގްރަފީ" ގެ މަސައްކަތަށާއި ކޭޝިއަރުންގެ މަޤާމަށް ގެނެސްފައިވާ ބިދޭސީން، 7 ޖޫން 2015 ގެ ކުރިން ރާއްޖެއިން ފުރުވާލުމަށްފަހު، އެ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށްޓަކައި ހުށަހެޅުމަށް ދެންނެވީމެވެ. މިގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު މި ޑިޕާޓްމަންޓުން ފިޔަވަޅު އަޅަމުންދާނޭ ވާހަކަ ވެސް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޝަޢުބާން 1436

21 މޭ 2015
ހޯދާ