ފެމިލީ ކޯޓް
ދިވެހިރާއްޖެ
ސްޓޭންޑަރޑް އޮޕްރޭޓިންގ ޕްރޮސީޖަރ (SOP) އާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތަށް ރިވިއުކޮށް ފޮތެއްގެ ސިފައިގައި ތައްޔާރުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފެމިލީކޯޓުން ތައްޔާރުކޮށްފައިވާ ސްޓޭންޑަރޑް އޮޕްރޭޓިންގ ޕްރޮސީޖަރ (SOP) ކޯޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތަށް ރިވިއުކޮށް ފޮތެއްގެ ސިފައިގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 28 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 4 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް އަދި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ.

06 ޝަޢުބާން 1436

24 މޭ 2015
ހޯދާ