މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
03 ތާނގީ އެއްތަނުން އަނެއްތަނަށް ބަދަލުކޮށްދިނުން

މި ސަރވިސްގެ ދަށުން ހިނގަމުންދާ ކ.ހިންމަފުށީ އައްސޭރި ޖަލުގައި ބޭނުންކުރަމުންދާ 03 ތާނގީ، މި ސަރވިސްއިން ދައްކާ ތަނަކަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

28 މޭ 2015

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުއްވުމަށް

04 ޖޫން 2015

ބުރާސްފަތި

11:00

03 ޝަޢުބާން 1436

21 މޭ 2015
ހޯދާ