ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމާގުޅޭ

މިކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ މަސްޖިދުލް ހުދާ، މަސްޖިދުލް ފުރުޤާން އަދި އަލްގެދަރި މިސްކިތުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމުގެ ގޮތުން ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 27 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 ގައި މިކައުންސިލްގެ މީޓިންގރޫމުގައި އޮންނާނެއެވެ. އަދި މިމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ އަންދާސީހިސާބު ބަލައިގަތުން 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 ގައި މިކައުންސިލްގެ މީޓިންގރޫމުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޝަޢުބާން 1436

21 މޭ 2015
ހޯދާ