ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:                             އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:                  އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:                       އެމް. އެސް. 3

ސެކްޝަން:                         ކޯޕްރޭޓް އެފެއާޒް

މަޤާމު އޮތް އިދާރާއާއި މަސައްކަތްކުރަންޖެހޭ ތަން:   ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:                          7035.00 ރުފިޔާ

ސަރވިސް އެލަވަންސް:                 2000.00 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:  އިތުރުގަޑީގައްޔާއި ބަންދުދުވަހު މަސައްކަތް ކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދުދުވަހާއި އިތުރުގަޑީގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން، ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ އަދަދު:       1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

6- އުމުރުން 18 އަހަރު ވެފައި، 55 އަހަރު ނުވާ މީހަކުކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

1- އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަސްއޫލުވެ ޒިންމާވާ ކައުންސިލްގެ ރައީސަށާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެމަތިން ކައުންސިލް އިދާރާގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، މަސައްކަތާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތާއި ލަފާ އެރުވުން.

2- އިދާރަގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ހިނގާގޮތް ބަލައި ބެލެހެއްޓުން.

3- އިދާރާގެ ސިޔާސަތު އެކުލަވައިލުމަށާއި، މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދާއި ލަފާ ކައުންސިލަށް ބޭނުންވާ ކޮންމެ ހިނދެއްގައި ދިނުމާއި، އެކުލަވައިލެވޭ މަޝްރޫޢުތައް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމާއި، ކައުންސިލް އިދާރާގެ މަސައްކަތާ ގުޅޭގޮތުން ސްޓްރެޓިޖިކް ޕްލޭނާއި، އެކްޝަން ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްތައްކޮށް ތަންފީޒުކުރުމަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެހީތެރިވެދިނުން.

4- އިދާރާގެ މަސައްކަތްތައް ހަލުއިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރުމާއި، އެކަން ބެލެހެއްޓުން.

5- އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދުކުޑަ ގޮތްތައް ހޯދައި، ތަޢާރަފްކޮށް އެކަންކަން އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުން ގެންދިއުމާއި، އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ ގައިޑްލައިންތަކާއި ޕްރޮސީޖަރތަކާއި އުސޫލުތައް އެކުލަވައި، ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ކަންކަން ފަސޭހައިން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.

6- ކައުންސިލްގެ ލަފާގެމަތިން އިދާރާގެ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، އިޞްލާޙުކުރަންޖެހޭ ޤަވާއިދުތައް އިޞްލާޙުކޮށް، ކައުންސިލްގެ ސަމާލުކަމަށް ގެންއުމާއި، ކައުންސިލްގެ ދަށުގައިވާ ތަންތަނުގެ މުދަލާއި ފައިސާއާއި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ބަލައި، އެކަންކަމާ ގުޅިގެން އިޞްލާޙުކުރަންޖެހޭ ކަމެއް ހުރިނަމަ، ކައުންސިލްގެ ސަމާލުކަމަށް ގެންއުމާއި، ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތަކާ ގުޅިގެން އިޞްލާޙުކުރަންޖެހޭ ކަމެއް ހުރިނަމަ، ކައުންސިލްގެ ސަމާލުކަމަށް ގެންއުން.

7- އިދާރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ހަމަހަމަކަން ޤާއިމުކޮށް، މަސައްކަތްކުރާ މިންވަރާއި ފެންވަރު ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި. އެކަން ބެލެހެއްޓުން.

8- އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، އެފަދަ ފުރުސަތުތައް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއްކުރުން.

9- އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، 2015 މޭ 27 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (WWW.CSC.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވުމުން، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ލިޔުމަކުން އެންގޭނެއެވެ.                                                                       

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަޞްލު)

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

6- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކައް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500034 ނަންބަރު ފޯނާއެވެ.

                                 29 ރަޖަބު 1436

18 މޭ 2015
ހޯދާ