ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ނ. މަގޫދޫ ޞިއްޙީ މަރުކަޒްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. މަގޫދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހަމަޖެހިފައިވާ އުޞޫލުން ޞިއްޙީ މަރުކަޒު ހުޅުވައި ބަންދުކުރުން.
  2. މުވައްޒަފުންގެ ހާޒިރީއާއި، މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޞިއްޙީ މަރުކަޒަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަނެ، އެތަކެތި އެންޓްރީކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހަވާލުކުރުން.
  5. ލިޔެކިއުންތައް ފައިލްކޮށް، ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  6. އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޞިއްޙީ މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. އިދާރީ އޮފީސް ބަންދު ވަގުތުތަކުގައި ދިމާވާ އިމަރޖެންސީ ކަންތައްތަކުގައި، ވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
  9. އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވެއްދުން.
  10. ލިޔެކިއުމާބެހޭ ތަކެއްޗާއި، އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓުން.
  11. މުވައްޒަފުންގެ މުސާރައާއި ބަޖެޓް ފައިސާގެ ކަންތައްތައް، މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ބެލެހެއްޓުން.
  12. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާއި، މަސައްކަތުގައި ހަރަކާތްތެރިކުރުވައި، ސްޕަވައިޒްކޮށް، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  13. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވާންޖެހިއްޖެ ޙާލަތެއްގައި ހިންގުމާ ހަވާލުވެ، އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  14. މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް  ސަރވިސްގެ  ގަވާއިދުގައިވާ  ގޮތުގެމަތިން  މަސައްކަތަށް  ނުކުންނަ  ކޮންމެ  ދުވަހަކަށް  ރިސްކް އެލަވަންސް -/25 ރުފިޔާ.

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. މަގޫދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ޕާރުސަލްފަދަ ތަކެތި  އޮފީހުން އަންގަވާ ތަންތަނަށް އަމާނާތްތެރިކަމާއެކު ގެންގޮސް ހަވާލުކުރުން.
  2. މަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  3. މަރުކަޒުގެ  ގޯތިތެރެ  ފެހިކޮށް  ބޭއްވުމަށްޓަކައި  ގަސް  ހައްދައި،  ގަސްތަކަށް  ފެންދީ،  ގަސްތައް ކޮށައި، އެ ގަސްތައް ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުން.
  4. އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ޑަސްބިންތައް ބަލައި، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ނައްތައިލުން.
  5. މަރުކަޒުގެ ތެރޭގައި ހުންނަ ބޮކިތަކާއި ފަންކާ ހޮޅިބުރި ގަޑި ފަދަ ތަކެތި ބަލައި، އެއްވެސް މައްސަލައެއް ދިމާވެފަވާނަމަ އެކަން ޙައްލުކުރުމާއި، ހައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ،  އިދާރީ މުވައްޒަފަކަށް އެކަމެއް ރިޕޯޓްކުރުން.
  6. މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  7. މަރުކަޒަށް ގެނެވޭ ނުވަތަ މަރުކަޒުގެ ބޭނުންތަކަށް ހޯދާ މުދާފަދަ ތަކެތި ފިހާރަތަކުން ނުވަތަ ބޯޓުކައިރިން މަރުކަޒަށް ގެނައުމާއި، އިދާރީ މުވައްޒަފުގެ ލަފާގެމަތިން މަރުކަޒުގެ ގުދަނުގައިވާ ހަރުތަކުގައި އެތަކެތި ޖެއްސުން.
  8. މަރުކަޒުގެ އެއްވެސް ޑިޕާޓްމަންޓަކުން އެއްތަނުން އަނެއްތަނަށް އެއްޗެއް ގެންގޮސް ގެނައުމަށް ހަވާލްކޮށްފިނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކޮށްނިންމައިދިނުން.
  9. ޞިއްޙީ މަރުކަޒުން އިންތިޒާމްކުރާ ޖަލްސާތަކާއި،، ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުންދިނުން.
  10. ހެނދުނު 6:00 ގައި ދިދަ ނެގުމާއި، އިރުއޮއްސި 6:00 ގައި ދިދަ ތިރިކުރުން.
  11. މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެގެން މަސައްކަތްކުރުން.
  12. މީގެ އިތުރުންވެސް، ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް  ސަރވިސްގެ  ގަވާއިދުގައިވާ  ގޮތުގެމަތިން  މަސައްކަތަށް  ނުކުންނަ  ކޮންމެ  ދުވަހަކަށް ރިސްކް އެލަވަންސް -/25 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖޫން 3 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ނ. މަގޫދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ޖޫންމަހު ނ. މަގޫދޫ ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީގަޑީގައި ނ. މަގޫދޫ ޞިއްޙީ މަރުކަޒުގެ 7925259 ނަންބަރު ފޯނަށް ނުވަތަ ނ. އަތޮޅު އަތޮޅު ހޮސްޕިޓަލުގެ 6560036 ނަންބަރު ފޯނަށެވެ. 

3 ޝަޢުބާން 1436

21 މޭ 2015
ހޯދާ