މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

އިޢުލާން

މިސަރވިސްގެ ތިރީގައި މިދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު

ސޮފްޓްވެއަރ ޑިވެލޮޕަރ

ރޭންކް

އައި.ޓީ 4

ކްލެސިފިކޭޝަން

އައި.ޓީ ދާއިރާ

މުސާރަ

-/11،190ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

ނޮންޕްރެކްޓިކްސް

5,035/50 ރުފިޔާ

ބޭނުންވާ އަދަދު

01

ޝަރުޠު

  • އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާ އިން ނުވަތަ ސޮފްޓްވެއަރ ޑިޒައިނިންގ އިން ޑިޕްލޮމާ ހާސިލްކޮށްފައިވުން. ނުވަތަ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ސޮފްޓްވެއަރ ޑިޒައިން ދާއިރާއިން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާ އެކު އެހެން މީހެއްގެ އެހީއަކާއި ނުލައި ޕްރޮޑަކްޝަން ލެވަލްގެ ސިސްޓަމް ޑިޒައިކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  • އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެނމެހާ ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެގުން.
  • ރަނގަޅުގޮތެއްގައި މީހުންނާ މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަށް އަމިއްލައަށް ހައްލު ކުރަން އެނގުން.

މަޤާމުގެ މަސްޢޫލިއްޔަތު

މި ސަރވިސްއަށް ބޭނުންވާ ސޮފްޓް ވެއަރ ތައްޔާރު ކުރުމާއި ސޮފްޓް ވެއަރ މެއިންޓެއިންކުރުމާއި އަޕްގްރޭޑް ކުރުމުގެ އެންމެހައި މަސައްކަތް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

  • މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.
  • މަތީ ތަޢުލީމާއި ތަމްރީން.

 

އިންޓަރވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށައެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށައަޅުއްވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަންއާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް
  • ފޯން ނަންބަރު: 3312694، 3328443
  • ފެކްސް ނަންބަރު: 3313727
  • އީ މެއިލް: [email protected]

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

  • މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.
  • މަތީ ތައުލީމާއި ތަމްރީން.
 ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސް އަށް/ ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ފޯމާ އެކު ހުށައަޅުއްވާ ހުރިހާ ލިޔެކިއުންތަށް ހުންނަން ވާނީ ފޯމާ އެކު ސްޓޭޕްލް ކުރެވިފައެވެ.
 
18 މޭ 2015
ހޯދާ