މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ "ކޮންމެ ރަށަކުން ދަނޑުވެރި އުފެއްދުމެއް ބާޒާރަށް ތަޢާރަފުކުރުން" ސިޔާސަތުގެ ދަށުން ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުތެރޭ ރާއްޖޭގެ 1 ރަށެއްގައި ވިޔަފާރި އުސޫލުން މިރުސް ހިއްކާ ބަންދުކޮށް، މި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދި އަތޮޅު/ ރަށު ކައުންސިލްތަކުން، ކޯޕަރޭޓިވް ސޮސައިޓީތަކުން އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން މިމިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގުމުގައި އިސްކަން ދޭނީ ތިރީގައި މިދަންނަވާ ކަންތައްތަކަގެ މައްޗަށް އެކުލެވޭ އިވެލުއޭޝަނަކަށް ފަހުގައެވެ.

  • މިރުސް ހިއްކުމަށްޓަކައި އަށިއެޅުމަށް ގާތް ގަޑަކަށް އެންމެ މަދުވެގެން 50x50 ބިމެއް އޮތުން. (ދުވާލުގެ ގިނަ ވަގުތު އިރުގެ އަލިކަން ލިބޭ ބިމަކަށް ވުން)
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
  • ރަށުން މިރުސް ލިބެންހުރި މިންވަރު
  • ގާއިމްކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  • މިމަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ

ސުންގަޑި: މިޕްރާގްރާމްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާނީ28 މޭ 2015 ގެ 15:00، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީއިން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ވެލާނާގެ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯން: 3322625 (960) ފެކްސް: 3326558 (960)

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219، 3339216 އަށް ގުޅުއްވުން އެދެމެވެ.

"ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

އިތުރު މަޢުލޫމާތު:

18 މޭ 2015
ހޯދާ