މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

ޖަލްސާގެ ދަޢުވަތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2014ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. އެމްޓީސީސީގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މޭ 2015 ވާ އާދީއްތަ ދުވަހުގެރޭ 09:00 ގައި ހޮޓެލް ޖެންގެ "ބޯލް ރޫމް" މާލެ، ދިވެހިރާއްޖޭގައެވެ. މިކުންފުނީގެ ހިއްސާދާރުން ރެޖިސްޓްރޭޝަންގެ ކަންތައްތައް ނިންމެވުމަށްޓަކައި 31 މޭ 2015 ވަނަ ދުވަހުގެ ރޭ 08:00 އާއި 08:45 އާއި ދެމެދު ހިއްސާގެ ރަޖިސްޓްރީ ނަންބަރާއި އައި.ޑީ ކާޑު ހިއްޕަވައިގެން ހޮޓެލް ޖެންގެ "ބޯލް ރޫމް" އަށް ވަޑައިގެން ދެއްވުން އެދެމެވެ.

ޖަލްސާގެ އެޖެންޑާ

  • ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެށުން
  • ޑިރެކްޓަރުން ހޮވުން

ހ. އަލަށް އައްޔަންކުރެއްވި ސަރުކާރުގެ ޑިރެކްޓަރުންގެ ނަން އިޢުލާންކުރުން.

ށ. އާންމު ހިއްސާދާރުން ޑިރެކްޓަރުކަމަށް ހޮއްވަވާފައިވާ އަލްފާޟިލް އަހުމަދު އަބޫބަކުރު، މއ.އިރާކުގެ އާއި އަލްފާޟިލް ނަސްރަތު މުހައްމަދު، ހެޕީ ނައިޓް، ގއ.ވިލިގިލި ގެ ޑިރެކްޓަރުކަމުގެ މަޤާމުގެ މުއްދަތުހަމަވުމުން އެ ދެ މަޤާމަށް އަލުން ޑިރެކްޓަރުން ހޮވުން

  • 2013 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ހ. އޮޑިޓް ކޮށްފައިވާ ކުންފުނީގެ 2014 ވަނަ އަހަރުގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާ ފާސްކުރުން

ށ. ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުން

  • 2015 ވަނަ އަހަރަށް އޮޑިޓަރުން ހޮވާ، އުޖޫރަ ކަނޑައެޅުން
  • އިސްލާޙުކުރެވިފައިވާ ކުންފުނީގެ އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިިދު ފާސްކުރުން
  • ކުންފުނީގެ ހިއްސާދާރުންނަށް ބޯނަސް ހިއްސާދިނުމުގެ ޤަރާރު ފާސްކުރުން.
  • ޑިރެކްޓަރުންގެ މުސާރަ އަދި އެލަވަންސް ކަނޑައަޅާ ފާސްކުރުން.
  • ހިއްސާދާރުންގެ ޚިޔާލުފާޅުކުރެއްވުން
  • ޖަލްސާ ނިންމުން

އެމްޓީސީސީގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ފަރާތްތައް

31 މެއި 2015 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޓީސީސީ ޕލކގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 24 މެއި 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

ޕްރޮކްސީ ހުށަހެޅުން

2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ބަދަލުގައި މީހަކު ފޮނުއްވަން ބޭނުންފުޅުވާ ހިއްސާދާރުން މިކުންފުނީގެ "ޕްރޮކްސީ ފޯމު"ގެ ޒަރިއްޔާއިން 29 މޭ 2015 ވާ ހުކުރު ދުވަހުގެރޭ 09:00 ގެ ކުރިން  އެމްޓީސީސީގެ މައި އޮފީހުގެ 7 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ ފެކްސް (3323221) ޒަރިއްޔާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހިއްސާދާރެއްގެ ފަރާތުން ޢައްޔަންކޮށްފައިވާ ޕްރޮކްސީއެއް ބާތިލްކުރައްވަން ބޭނުންވެއްޖެ ނަމަ މިކުންފުނީގެ "ޕްރޮކްސީ ބާޠިލުކުރަން އެދޭ ފޯމު" ފުރުއްވުމަށްފަހު 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ ރޭ 08:00ގެ ކުރިން އެމްޓީސީސީގެ މައި އޮފީހުގެ 7 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުމަށް ނުވަތަ ނުވަތަ ފެކްސް (3323221) ޒަރިއްޔާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

"ޕްރޮކްސީ ފޯމު" އަދި "ޕްރޮކްސީ ބާޠިލުކުރަން އެދޭ ފޯމު" ކުންފުނީގެ ކޯޕޮރޭޓް އެފެއާޒް ޑިޕާރޓްމަންޓް، މައި އޮފީހުގެ 7 ވަނަ ފަންގިފިލާއިން އަދި އެމްޓީސީސީގެ ވެބްސައިޓް: www.mtcc.com.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

މިކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވުމަށް ހަމަޖައްސަވާފައިވާ 2 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވި 4 ފަރާތުގެ ތެރެއިން ޝަރުޠު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާފަރާތްތައް ތިރީގައި އެވަނީއެވެ. އެފަރާތްތަކާ ބެހޭ މަޢުލޫމާތު ވާނީ 23 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު މިކުންފުނީގެ ނަންބަރު: MTCC-CORP/IU/2015/67 އިޢުލާން އިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

  1. އފ.ހުސައިން ހާލީ               ހ.އިރުވައި، ކ.މާލެ
  2. އފ.އަހުމަދު އަބޫބަކުރު             މއ.އިރާކުގެ، ކ.މާލެ
  3. އފ.ނަސްރަތު މުހަންމަދު            ހެޕީނައިޓް، ގއ.ވިލިގިލި
  4. އފއ.އައިޝަތު ހުސެއިން މަނިކު        ހ.ރީދޫކޮކާގެ، ކ.މާލެ

2013 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ    

2013 ވަނަ އަހަރުގެ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ހިއްސާދާރުންގެ އިސްލާހަށް، 22 މާރިޗު 2015 ވަނަ ދުވަހު، ނަންބަރު:MTCC-CORP/IU/2015/48 އިޢުލާންއިން ވާނީ ހުޅުވާލެވިފައެވެ. ނަމަވެސް އިސްލާހު ހުށަހެޅުއްވުމަށް ދެވުނު މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އިސްލާހެއް ހުށަހަޅާފައިނުވާ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓު

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު 96/10، ކުންފުނީގެ ހިންގާ ގަވާއިދު، ކޯޕޮރޭޓް ގަވަރނަންސް ކޯޑު، ކޮންޓިނިއުއަސް ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއާރސް ރެގިއުލޭޝަން 2010 އަދި ލިސްޓިންގ ރޫލްސްގައި ބަޔާންކޮށްފައިވާގޮތުގެމަތީން އެމްޓީސީސީގެ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ވާނީ 30 އެޕްރީލް 2015 ވީ ބުރާސްފަތި ދުވަހު މިކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ. އަދި އަހަރީ ރިޕޯޓުގެ ސީޑީ، މިކުންފުނީގެ މައި އޮފީހުގެ 7 ވަނަ ފަންގިފިލާއިން ލިބެންހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ އަދަދު 

2014 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާގެ މޫނުމަތީއަގު -/50 ރުފިޔާގެ ހިއްސާއަކަށް -/20 ރުފިޔާ ބަހާ ގޮތަށް ފާސްކުރުމަށްޓަކައި 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާގޮތަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ، މިކަން ވާނީ 21 އެޕްރީލް 2015 ވަނަ ދުވަހު މިކުންފުނީގެ ނަންބަރު:MTCC-CORP/IU/2015/65 އިޢުލާން އިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

އެކްސްޓަރނަލް އޮޑިޓަރުން ކަނޑައެޅުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2015 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާގޮތަށް ހަމަޖެހިފައިވަނީ އާންސްޓް އެންޑް ޔަންގް ކަމުގައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެފަރާތުން އޮޑިޓް ކޮށްދެއްވުމަށް ހުށަހަޅުއްވާފައިވަނީ -/328,500 ރުފިޔާއެވެ. 

ކުންފުނީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ހާއްސަ ޤަރާރު ފާސްކުރުން

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އިސްލާޙުކުރެވިފައިވާ އަސާސީ ގަވާއިދު، 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ތިރީގައި އެވާގޮތަށް ޚާއްޞަ ޤަރާރަކުން ފާސްކުރުމަށް ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.

”އިސްލާޙުކުރެވިފައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އަސާސީ ގަވައިދު ފާސްކޮށްފީމެވެ.“

އަސާސީ ގަވާއިދަށް ގެނެވިފައިވާ އިސްލާހުތައް އެމްޓީސީސީ ކޯރޕަރޭޓް ޑިޕާރޓްމަންޓް، އެމްޓީސީސީ ޓަވަރ 7 ވަނަ ފަންގިފިލާއިން އަދި އެމްޓީސީސީގެ ވެބްސައިޓް:www.mtcc.com.mv އިން ލިބިވަޑައިގަންނަވާނެ އެވެ.

ކުންފުނީގެ ހިންގާ ގަވާއިދު އިސްލާޙުކުރުން

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދު ފާސްކުރެއްވުމަށްޓަކައި 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. ހިންޤާ ގަވާއިދަށް ގެނެވިފައިވާ އިސްލާޙުތައް އެމްޓީސީސީ ކޯރޕަރޭޓް ޑިޕާރޓްމަންޓް، އެމްޓީސީސީ ޓަވަރ 7 ވަނަ ފަންގިފިލާއިން އަދި އެމްޓީސީސީގެ ވެބްސައިޓް:www.mtcc.com.mvއިން ލިބިވަޑައިގަންނަވާނެ އެވެ. ހިންގާ ގަވާއިދަށް ހިއްސާދާރުން ގެންނަން ބޭނުންވެލައްވާ އެއްވެސް އިސްލާޙެއް ވާނަމަ އެއިސްލާޙެއް އެމްޓީސީސީގެ "ހިންގާ ގަވާއިދު އިސްލާހުކުރުމާ ބެހޭ" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވުމަށްފަހު 25 މޭ 2015 ދުވަހުގެ 16:00 ގެ ކުރިން، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާގައިވާ ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންތްއަށް ހުށަހެޅުއްވުން އެދެމެވެ. މި ގޮތަށް އިސްލާޙު ހުށަހަޅުއްވާއިރު އެބޭފުޅެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް ޖެއްސެވުން އެދެމެވެ.

ކުންފުނީގެ ހިންޤާ ޤަވާއިދު އިސްލާޙުކުރުމަށް ޚާއްޞަ ޤަރާރު ފާސްކުރުން.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އިސްލާޙުކުރެވިފައިވާ ހިންްގާ ގަވާއިދު، 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ތިރީގައި އެވާގޮތަށް ޚާއްޞަ ޤަރާރަކުން ފާސްކުރުމަށް ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.

"އިސްލާޙުކުރެވިފައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހިންގާ ގަވާއިދު ފާސްކޮށްފީމެވެ."

ކުންފުނީގެ ހިއްސާދާރުންނަށް ބޯނަސް ހިއްސާދިނުމުގެ ޤަރާރު ފާސްކުރުން.

ކުންފުނީގެ ހިއްސާދާރުންނަށް ބޯނަސް ހިއްސާދިނުމަށް 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ، ކުންފުނީގެ ހިއްސާދާރުންނަށް ބޯނަސް ހިއްސާދިނުމުގެ ޚާއްޞަ ޤަރާރު ތިރީގައި އެވާގޮތަށް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

" ހިއްސާގެ މޫނުމަތީއަގު -/50 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 1 ހިއްސާ، ބޯނަސް ހިއްސާގެ ގޮތުގައި ދިނުމަށް ފާސްކޮށްފީމެވެ."  

ޑިރެކްޓަރުންގެ މުސާރަ އަދި އެލަވަންސް ކަނޑައަޅާ ފާސްކުރުން.

31 މޭ 2015 ވަނަ ދުވަހު އިސްލާޙުކުރުމަށް ހުށަހެޅޭ ކުންފުނީގެ ހިންގާ ގަވާއިދުގެ 74.1 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ އަދި އެލަވަންސް އަންނަނިވި ގޮތަށް ކަނޑައަޅާ ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ބޯޑް ޑިރެކްޓަރުން

ޗެއަރމަން

ބޯޑު މުސާރަ (މަހަކު)

-/10,000 ރުފިޔާ

-/10,000 ރުފިޔާ

ސިޓންގ އެލަވަންސް (ހާޒިރުވާ ޖަލްސާއަކަށް)

-/1،000 ރުފިޔާ

(ގިނަވެގެން މަހަކު -/5000 ރުފިޔާއަށް ވުރެ އިތުރުނުވާގޮތަށް)

-/1،000 ރުފިޔާ

(ގިނަވެގެން މަހަކު -/3000 ރުފިޔާއަށް ވުރެ އިތުރުނުވާގޮތަށް)

ޗެއަރމަން އެލަވަންސް (މަހަކު)

-

-/7,000 ރުފިޔާ

ޖަލްސާގެ ވޯޓްދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައިވެސް ވޯޓް ދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ހިއްސާގެ އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެމްބަރުން އެދިއްޖެނަމަ، މެމްބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ކޮންމެ ހިއްސާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭ އުސޫލުން ވޯޓް ނެގިދާނެއެވެ. އަތް އުފުލައިގެން ވޯޓް ދޭއިރު ހާޒިރުވި ކޮންމެ ހިއްސާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ. މެމްބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓުދޭއިރު ހާޒިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވި ކޮންމެ ހިއްސާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ހިއްސާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުސޫލުން ވޯޓް ފޮއްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ހިއްސާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ހިއްސާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާޠިލުވާނެއެވެ.

އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓް ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާއިންނެވެ. މިގޮތުން ނަގާ ވޯޓްގެ ނަތީޖާވެސް އެއްވަރުވެއްޖެނަމަ ހިންގާ ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތަށް އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ހައްޤު ލިބިގެންވެއެވެ.

ވީމާ، މިކަން ކުންފުނީގެ އެންމެހާ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ރަޖަބު 1436

16 މޭ 2015
ހޯދާ