މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: އެގްޒެކަޓިވް ބިއުރޯ

ޢަސާސީ މުސާރަ: 7800.00ރ.

ސަރވިސް އެލަވަންސް: 2000.00ރ.

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެގްޒެކެޓިވް ބިއުރޯ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:

  • ބެޗެލަރސް ޑިގްރީ އިން މާރކެޓިންގ/ މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޑިޕްލޮމާ އިން މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު މި ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު އަދި މީޑިއާ ރިލީސާއި އާރޓިކަލްސްތައް ލިޔުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން މީގެ އިތުރުން އިންޓަރނެޓް އަދި ސޯޝަލް ނެޓްވާރކިންގެ ޕްލެޓްފޯރމް ތަކަށް އަހުލުވެރިވެފައިވުން.
  • ދިވެހިރާއްޖޭގެ މީޑިއާ އަދި މީޑިއާ ޕްރޮމޯޝަންސް ގެ މަޢުލޫމާތު ލިބިފައި ހުރުން އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމާ އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ މީޑިއާ ރެޕްރެސެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްއިން ލިބިލައްވާނެއެވެ.

މަޤާމު: ސީނިއަރ ލޯޔަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ލީގަލް އެފެއަރޒް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: 9600.00ރ.

ސަރވިސް އެލަވަންސް: 2500.00ރ.

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެމްޓީ.ސީ.ސީ ޓަވަރ/ލީގަލް އެފެއަރޒް ޑިޕާޓްމަންޓް

ޝަރުޠު                 

  • ޑިގްރީ  އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަންއާއި އެއް ފެންވަރަށް އެކްރެޑިޓް ކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު ދިވެހިރާއްޖޭގައި 2 އަހަރު ދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތްކުރައްވާފައިވުން. ނުވަތަ،
  • ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކޯރޕަރޭޓް ބިޒްނަސް މާހައުލެއްގައި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލާ ޤާނޫނީ ލަފާ ދެއްވޭނެ ފަރާތެއްކަމުގައިވުން.
  • އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރެއްވޭނެ ފަރާތެއްކަމުގައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ލީޑަރޝިޕް ހުނަރާއި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ލީގަލް ދާއިރާގެ މަސައްކަތް މެނޭޖްކޮށް ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ލަފާދެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްއިން ލިބިލައްވާނެއެވެ.

މަޤާމު: ޕްރޮޖެކްޓް ކޯރޑިނޭޓަރ

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 7800.00ރ.

ސަރވިސް އެލަވަންސް: 2000.00ރ.

ޓެކްނިކަލް އެލަވަންސް: 2500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި

ޝަރުޠު

  • ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާއި އެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސްފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ ޕްރިމަވެރާ އަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާ އެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް ލަފާދިނުމާއި  ރޭވުން އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި ކޯރޑިނޭޓްކުރުން އަދި  އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީ ގޮތުންކުރަންޖެހޭ ކަންކަންކުރުން.
  • ޝައުޤުވެރިކަންހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަޤާމު: އެސިންޓަންޓްސުޕަރވައިޒަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: 5500.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޕީ.ޑީ/ އެމް.ޓީ.ސީ.ސީ ސޯމިލު

ޝަރުޠު:

  • ޖީ.ސީ.އީ އޯ ލެވްލް
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި އަދި މި ތަކެތި އެކި ޑިޕާޓްމަންޓްތަކަށް ޑެލިވަރ ކުރުމުގައި ކުރަންޖެހޭ އެންމެހާކަންތައް ކުރުމާއި މިކަމާ ބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

މަޤާމު: އެސިސްޓަންޓް ސައިޓް އޮފިސަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު:

  • ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް. 1-3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކޮންޕިޔުޓަރުގެ ހުނަރު ހުންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ތިލަފުށީ ސައިޓްގައި ކުރަމުންދާ މަސައްކަތް ކޯރޑިނޭޓްކޮށް އަދި ހިގަމުންދާގޮތް ބެލުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: ބޯޓް ބިލްޑަރ އެންޑް ރިޕެއަރަރ

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ: 6600.00ރ.

ސަރވިސް އެލަވަންސް: 1500.00ރ.

ޓެކްނިކަލް އެލަވަންސް: 2000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އޯފް ރެސިޑެންޝަލް އެލަވަންސް:    1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ކިއްސަރު ވަޑާން ކުރަން ދަންނަ ފަރާތެއްކަމުގައިވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި އޮޑިދޯނިފަހަރުގެ ވަޑާމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްކުރުން؛ މިމަސައްކަތް ރާވާ އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމު: މެކޭނިކް

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށްބެލުމަށްފަހު)  

ޢަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ޑިޕްލޮމާ /އެޑްވާންސްޑް ސެޓްފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ. 
  • ހައިޑްރޯލިކް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގާ، ރާވާ އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ކުރުން.

މަޤާމު: ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު: 03

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ:4700.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު                    

  • ގްރޭޑް 10 ގެ ފެންވަރު ނުވަތަ 1-2 އަހަރު ފައިސާއާއި މުޢާމަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.     
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާ ގޮތުގެ މަތިން ދަތުރު ގެ އެންމެހާ ކަންތައް ބަލަހައްޓައި ޕަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުން މީގެ އިތުރުން ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.  

މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 04

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު               

  • BO ނުވަތަ B2 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅުމީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު: އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 5500.00ރ. 

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                 

  • ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)
  • ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު: ކްރޫ  

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 09

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: 4700.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަތުމާއިއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ
  • އުޅަނދުފަހަރު ދުއްވުމުގައި އެއުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:  [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

01 ޝަޢުބާން 1437

19 މޭ 2015
ހޯދާ