ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ  

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ވަގުތީ)

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 06 އޮގަސްޓު 2015 އަށް. 

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ އާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް ގެ ގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން/ ކަސްޓަމަރ ސަރވިސް/ ސަރވިސްޑެލިވަރީ ޔުނިޓް/ މާލެ.

އަސާސީ ޝަރުޠު:

  • އެސިސްޓެންޓް ޑޭޓާ ޕްރޮސަސިން އޮފިސަރ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެސިސްޓެންޓް ޑޭޓާ ޕްރޮސަސިން އޮފިސަރ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރަށް ސެކަންޑަރީ ސްކޫލް އިންތިޙާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ކަލެކްޓިން ޕޮއިންޓްތައް މެދުވެރިކޮށް ކާޑުހެދުމަށް ހުށައަޅާ މެއިލްތަކަށާއި ރަށްރަށުގެ އޮފީހުން ކާޑު ހެދުމަށް ފޮނުވާ މަޢުލޫމާތު ތަކަށް އެޕްލިކޭޝަން ހެދުން.
  • ކާޑުތައް ޕްރިންޓްވުމުން ކަލެކްޓިންގ ޕޮއިންޓްތަކަށް ނުވަތަ ރަށުގެ ރަށުއޮފީސްތަކަށް ފޮނުވަން ހަވާލުކުރުން، މާލެއިން ޙަވާލުކުރަން އެދޭ ފަރާތްތަކުގެ ކާޑުތައް މާލެއިން ޙަވާލުކުރުން.
  • ކާޑު ހެއްދުމަށް/ އާކުރުމަށް ދައްކާ ފައިސާ ބަލައިގަތުން
  • މަޢުލޫމާތު ތަކުގައި މައްސަލަހުރެގެން ކާޑު ނުހެދޭ ފަރާތްތަކުގެ މަޢުލޫމާތު ރަށްރަށުގެ ރަށުއޮފީހާއި ނުވަތަ އެފަރާތާއި ގުޅައިގެން ރަނގަޅުކޮށް ކާޑު ހަދައިދިނުން.
  • ކާޑު ޙަވާލުކުރުމަށް ފަހު އަނބުރާ ފޮނުވާ ޝީޓްތައް ފައިލުކޮށް ބެލެހެއްޓުން. ޝީޓާއެކު ހަވާލުނުކުރެވޭ ކާޑު ހުރިނަމަ، ޕްރިންޓިން ސެކްޝަނާ ޙަވާލުކުރުން.
  • ފޮނުވަންޖެހޭ މެސެޖު، ސިޓީ ލިޔެ ފޮނުވުމާއި ފައިލު ކުރަންޖެހޭ ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  •  ސެކްޝަނުގެ ޔައުމިއްޔާ ލިޔުން.
  • ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން
  • ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • މާޤާމުގެ މަސއްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއު ޕެނަލް އަށް ސާބިތުކޮށްދިނުން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްސް އެގޭ ގޮތަށް)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

28 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގެ ހަތަރުވަނަ ފަންގިފިލާ)

29 ރަޖަބު 1436

19 މޭ 2015
ހޯދާ