ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ޓިއުޝަން ޓީޗަރ

މިވަޒީފާތަކަކީ މިހިޔާއަށް ހެޔޮއެދޭ ފަރާތަކުން ދެއްވާ ސްޕޮންސާރއެއްގެ ދަށުން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަން ހަމަޖެހިފައިވާ މަޤާމުތަކެކެވެ. 

މަޤާމު

ޓިއުޝަން ޓީޗަރ(ދިރާގު ސްޕޮންސަރ)

ބޭނުންވާ އަދަދު 
މުސާރަ  މަހަކު -/4،000 ރުފިޔާ 
ޢިނާޔަތްތައް  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. -/1000 ރުފިޔާ އާއި ހަމައަށް. 
މަސައްކަތް ކުރަންޖެހޭތަން  ކުޑަކުދިންގެ ހިޔާ/ ވިލިނގިލި
ތަޢުލީމާއި ތަޖުރިބާ 
  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމްތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުގު ހުންނަ ކުޑަކުދިންގެ ހިޔާކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު އިސްކަންދެވޭނެއެވެ.

މަޤާމު

ޓިއުޝަން ޓީޗަރ (އާރކް ސްޕޮންސަރ)

ބޭނުންވާ އަދަދު

1

މުސާރަ

މަހަކު -/5000 ރުފިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. -/1000 ރުފިޔާ އާއި ހަމައަށް.

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

 

  • ސާނަވީ އިމްތިޙާނުން ބިޖްނަސް ސްޓަޑީސް ،އެކޮނޮމިކްސް އަދި އެކައުންޓިންގ ދައްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުގު ހުންނަ ކުޑަކުދިންގެ ހިޔާކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު އިސްކަންދެވޭނެއެވެ..

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

25 މޭ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ކުޑަކުދިންގެ ހިޔާ އަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިމާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693/ 3391694 އެވެ.

 

19 މޭ 2015
ހޯދާ