މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް ކައުންސިލް

މަޤާމު:

ސީނިއަރ ލީގަލް ކައުންސިލް (ސީއެސް 15)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ލީގަލް ސަރވިސަސް ޑިރެކްޓަރސް

މުސާރަ:

18,140.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު: 6750.00 ރުފިޔާ

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ލީގަލް އެފެއާރޒް

މަޤާމުގެ ޝަރުޠު:

  • ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް -13 ނުވަތަ އެފެންވަރުގެ ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %95 އިން މަތިން މާކްސް ހޯދާފައިވުން،

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތުތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ޤާނޫނީ ލަފާދިނުމާއި ޤާނޫނީ ލިޔެކިޔުންތައް އެކުލަވާލާ ތައްޔާރުކުރުން، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވުމާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން، މިނިސްޓްރީއާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފަޔާއި އިރުޝާދު ދިނުން، މިނިސްޓްރީއިން އެކުލަވައިލާ ގަވާއިދުގެ ދެލިކޮޕީތައް ބަލައި، އެ ޤަވާއިދުތަކަށް އަމަލުކުރަން ފެށުމާބެހޭ ގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން
  • މިނިސްޓްރީގެ އިދާރާތަކަށް ބޭނުންވާނެ ބިލްތައް އެކުލަވާލުމުގައާއި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމުގައި އެކިއެކި އިދާރާތަކަށް ބޭނުންވާ ލަފާ (ލެޖިސްލޭޓިވް އެޑްވައިޒް) ދިނުމާއި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ބިލްތައް އެކުލަވާލައި ތައްޔާރުކުރުން

މީގެ އިތުރުން:

  • މިނިސްޓްރީގެ ލީގަލް އެފެއާޒް ހިންގުމުގައި އެންމެ އިސްމުވައްޒަފުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން؛
  • މިނިސްޓްރީން ސޮއިކުރާ އެގްރީމެންޓްތަކާއި ލިޔުންތައް އަދި އެމް.އޯ.ޔޫ ފަދަ ލިޔުންތަކުގައި މިނިސްޓްރީން ސޮއިކުރުމުގެ ކުރިން ދިރާސާކޮށް ޤާނޫނީ ލަފާ ދިނުން؛
  • މިނިސްޓްރީއާ ގުޅޭގޮތުން ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ފަދަ ތަންތަނުގައި ހިނގާ މައްސަލަތަކުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާ ލީގަލް އެފެއާޒް މެދުވެރިކޮށް ދިނުން؛
  • ދައުލަތުގެ ކުންފުނިތަކާއި، ދައުލަތުން ބައިވެރިވާ ކުންފުނިތައް އުފެއްދުމާއި، ހިންގުމާއި، އުވާލުމުގައި މިނިސްޓްރީން ކުރަންޖެހޭ ކަންކަމަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން؛
  • މިނިސްޓްރީގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ދިރާސާކޮށް، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކުރުން؛
  • ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދު ދިރާސާކޮށް ޤާނޫނަށް ނުވަތަ ގަވާއިދަށް ގެންނަންޖެހޭ އިސްލާޙުގެނައުމަށް ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކާ ގުޅިގެން މިނިސްޓްރީން ހިންގާ ޕްރޮޖެކްޓް ތަކާއި، މަސައްކަތްތައް ކުރުވުމުގައި މިނިސްޓްރީއަށް ބޭނުންވާ ދިނުން؛
  • ރައްޔިތުންގެ މަޖިލީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންނަ ލިޔެކިޔުންތައް ބަލައި ޤާނޫނީގޮތުން ލަފާ ދޭންޖެހޭ ހާލަތްތަކުގައި ޤާނޫނީ ލަފާދީ، މަޖިލީހަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުމުގައި ޤާނޫނީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން؛
  • ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމުގައި މިނިސްޓްރީއިން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • ދައުލަތުގެ ނަމުގައި ދޫކުރާ ގެރަންޓީތަކާ ގުޅިގެން މިނިސްޓްރީއިން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެގްރިމެންޓްތަކާއި، އެމް.އޯ.ޔޫ ތަކާއި، އެފަދަ ޤާނޫނީ ލިޔުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރުމުގެ ކުރިން، އެ ލިޔުންތައް ދިރާސާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް އުފެއްދުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީލަފާ ދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަސާސީ ގަވާއިދާއި، ހިންނާ ގަވާއިދު މުރާޖާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިއްސާގެ މުޢާމަލާތުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީލަފާ ދިނުން؛
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް ހިންގައި ދިމާވާ މައްސަލަތަކުގައި، މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީލަފާ ދިނުން.

އުޖޫރައާއި އިނާޔަތްތައް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސެއްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް

ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

4 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ