ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމުތައް:

މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޕޮލިސީ އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

1 (އެކެއް)

-/5،610 ރުފިޔާ

-/2,000 ރުފިޔާ

2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޒުވާނުންނާއި ކުޅިވަރާ ބެހޭ މައްސަލަތަކާއި ޞިއްޙީ ކަންކަމާބެހޭ މައްސަލަތަކުގެ ތެރެއިން ޑިޕާޓްމަންޓުން ނިންމަވާ މައްސަލަތަކަށް ކަރުދާސް ތައްޔާރުކޮށް، ފިޔަވަޅުއެޅުމާއި އަދި ފޮލޯއަޕްހެދުމާއި ހަމަޖެހިފައިވާ އުސޫލުގެ މަތިން މަޢުލޫމާތުތައް އަޕްޑޭޓްކުރަމުން ގެންދިއުން.

މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ ޢަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

ހިއުމަން ރިސޯސް އޮފިސަރ

ހިއުމަން ރިސޯސް އެންޑް ޕަރފޯމަންސް މެނެޖްމަންޓް ސެކްޝަން

1 (އެކެއް)

-/5،610 ރުފިޔާ

-/2,000 ރުފިޔާ

2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު: 
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުސޫލަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން، ހަރމިސް ޕްރޮގްރާމުން އެކަންކަން ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ހިންގަންޖެހޭ ސަރވޭތައް ހިންގުމާއި މޮނިޓަރކުރަންޖެހޭ މަސައްކަތްތައްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުން.

މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ ޢަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓް

1 (އެކެއް)

-/5020 ރުފިޔާ

-/1,500 ރުފިޔާ

-/2،259 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

ޤާނޫނު ނަންބަރު 24/2015 (ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ބޯޑު އޮފް އިންވެސްމަންޓްސް"ގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމާގުޅޭ ގޮތުންނާއި އެ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތާއި އެ މަޝްރޫޢުތަކުގެ މަޢުލޫމާތު މަރުކަޒީ ގޮތުން ބެލެހެއްޓުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ހިންގާ އަދި ހިންގަން ރާވާ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން، ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި، ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓް ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް؛

މަސައްކަތު

ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

2 (ދޭއް)

-/3,100 ރުފިޔާ

-/1,000 ރުފިޔާ

-/1،395 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު: 
  • ލިޔަންކިޔަން ދަތުން.
  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
  • އުމުރުން 45 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:    ހައުސްކީޕިންގ އާއި މެއިންޓެނެންސް މަސައްކަތްތައް 
 

މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، 27 މޭ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަޤާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

03 ޝަޢުބާން 1436

20 މޭ 2015
ހޯދާ