ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
04 ކްލާސްރޫމް އިމާރާތް ކުރުމާބެހޭ

މިމަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 04 ކްލާސްރޫމް އިމާރާތް ކުރުމާބެހޭ

މި މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 4 ކްލާސްރޫމުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (GS-91/2015/05) އިޢުލާން ބާޠިލުކުރުމަށް މިނިސްޓްރީ އޮފްއެޑިޔުކޭޝަންގެ މެސެޖު ނަންބަރުން (MSG)22-G/GS-91/2015/5) އަންގާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިމަދަރުސާއިން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިމަދަރުސާގައި ނުނިމިހުރި ހަތަރު ކްލާސްރޫމްގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. މިޕްރޮޖެކްޓްގެ ބީލަންފޮތް ލިބެން ހުންނާނީ 26 މޭ 2015 އިން 02 ޖޫން 2015ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނޭކުރެންދޫ މަދަރުސާގެ އޮފީހުންނެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރެއްވުން އޮންނާނީ 04 ޖޫން 2015ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމަދަރުސާއިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 15 ޖޫން 2015 ހޯމަ ދުވަހުގެ 11:00ގައި ނޭކުރެންދޫ މަދަރުސާއިންނެވެ. މިގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

01 ޝަޢުބާން 1436

19 މޭ 2015
ހޯދާ