މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އެސްއެސް ޗެންޗޭނެއް ހަރުކޮށްދޭނެ ފަރާތެއް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް މިނިސްޓްރީގެ ބޭރު ފާރުގައިވާ ޗެންޗޭނުގެ ބަދަލުގައި އައު އެސްއެސް ޗެންޗޭނެއް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

21 މޭ 2015
ހޯދާ