ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) 6 މަސްދުވަސް

ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު

10  (ދިހައެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން،  ޖުޑީޝަލް ޓްރެއިންގސެންޓަރ (ވިލިނގިލި)

އަސާސީ މުސާރަ

މަހަކު -/4،465 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް

1- އަރުޝީފުގައި ހުރި ދުވަސްވީ ލިޔުންތައް ޑިޖިޓައިޒްކުރުން.

2- ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑާއި، ޤަޟިއްޔާ ނިމުނުގޮތްފަދަ މަޢުލޫމާތު ސޮފްޓްވެއަރއަށް އެންޓަރކުރުން.

3- އިދާރީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
 1 ޝަޢުބާން 1436
19 މޭ 2015
ހޯދާ