ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

އައި. ޓީ. އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އައި. ޓީ. އެޑްމިނިސްޓްރޭޓަރ

މުސާރަ

މަހަކު -/25،000 ރުފިޔާ (ފަންސަވީސްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްރޮޖެކްޓް ސެކްޝަން

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 އަހަރުދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު 8 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެސް. ޕީ. އައި. އެސް. ސިސްޓަމް ތަރައްޤީކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މަސައްކަތްތައް އެފިޝިއަންޓު ކުރުމަށްޓަކައި އެސް. ޕީ. އައި. އެސް. ސިސްޓަމަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • އެސް.ޕީ. އައި. އެސް. ސިސްޓަމުގައި މިހާރު ހަދާފައިވާ މޮޑިއުލްތަކަށް، އެންސްޕާއިން މިހާރު ކުރިއަށްގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • އޮންލައިން ގަވަރމަންޓް-ޓު-ސިޓިޒަން ސަރވިސަސް ބޭނުންކޮށްގެން އެންސްޕާއިންދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • އެންސްޕާއިންދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ ސަރުކާރުގެ ސްޓޭކް ހޯލްޑަރުންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، އެފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތަށް އެސްޕީއައިއެސް މެދުވެރިކޮށް އެފިޝިއަންޓްކޮށް ހޯދުމަށް ތަރައްޤީކުރަންޖެހޭ މޮޑިއުލްތައް ތަރައްޤީކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • އެންސްޕާގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، އެންސްޕާގެ މަސައްކަތްތައް އަހަރުން އަހަރަށް ރާވައި ހިންގުމަށް ބޭނުންވާ ތަފާސްހިސާބާއި، މަޢުލޫމާތު އެސްޕީއައިއެސްއިން އެއްކޮށް، އެ މަޢުލޫމާތު ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ މޮޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • އެސް. ޕީ. އައި. އެސް. އިމްޕްލިމެންޓްކުރުމަށް ބޭނުންވާ އެހެނިހެން ކަންތައްތައް:
  • އެންސްޕާގެ ކޮމްޕިއުޓަރު ވިއުގަ އެސް.ޕީ.އައި.އެސް. އަށް ބޭނުންވާ ފެންވަރަށް ތަރައްޤީކުރުމާއި، އެ ވިއުގައިގެ ސެކިއުރިޓީ ހަރުދަނާކުރުން
  • އެންސްޕާގެ ވެބްސައިޓުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ރަނގަޅުގޮތަކަށް ތަރައްޤީކުރުން.
  • އެންސްޕާގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެސް. ޕީ. އައި. އެސް. ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި، އޮންދަޖޮބް ޓްރެއިނިންގގެގޮތުގައި ހިންގުން.

 

ތަޢުލީމާއި ތަޖުރިބާ

  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
  • 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމް

ޕްރޮޖެކްޓްސް ކަމް ފައިނޭންޝަލް ކޮންޓްރޯލްސް ކޯޑިނޭޓަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޕްރޮޖެކްޓްސް ކަމް ފައިނޭންޝަލް ކޮންޓްރޯލްސް ކޯޑިނޭޓަރ

މުސާރަ

މަހަކު -/25،000 ރުފިޔާ (ފަންސަވީސްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްރޮޖެކްޓް ސެކްޝަން

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 އަހަރުދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު 8 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެސް.ޕީ.އައި.އެސް ސިސްޓަމް އެންސްޕާއަށް ރޯލްއައުޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މަސައްކަތްތައް އެސް.ޕީ.އައި.އެސް އަށް ބަދަލުކުރުމަށް އެ ޕްރޮގްރާމްތަކަށް ރީ-އިންޖިނިއަރކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • އެސް.ޕީ.އައި.އެސް ސިސްޓަމުގައި އެންސްޕާގައި އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް ތައްޔާރުކުރުން.
  • އެސް.ޕީ.އައި.އެސް ކައުންސިލްތަކުގައި އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި ހިންގުން.
  • އެންސްޕާއިން ކުރިއަށްގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ފައިނޭންޝަލް ކޮންޓްރޯލްތައް ތަރައްޤީކޮށް އިމްޕްލިމެންޓްކުރުން:
  • އެންސްޕާގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި މިހާރު ބޭނުންކުރާ ފައިނޭންޝަލް ކޮންޓްރޯލްތައް ދިރާސާކުރުން.
  • އެންސްޕާގެ ސީނިއަރ މެނޭޖްމަންޓުގެ މަޝްވަރާއާއެކު އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ފައިނޭންޝަލް ކޮންޓްރޯލްސް ތަރައްޤީކުރުން.
  • ތަރައްޤީކުރެވޭ ފައިނޭންޝަލް ކޮންޓްރޯލްސް އިމްޕްލިމެންޓުކުރުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
  • އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ރީރަޖިސްޓްރޭޝަނުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ރީރަޖިސްޓްރޭޝަން ޕްލޭނާއި ބަޖެޓް ތައްޔާރުކުރުން.
  • ރީރަޖިސްޓްރޭޝަނާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ކޯޑިނޭޓްކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ރީރަޖިސްޓްރޭޝަން އޮޕަރޭޝަނަލް މަސައްކަތްތައް ކޯޑިނޭޓްކުރުން.
  • ސީ.ޢީ.އޯ ފާހަގަކުރައްވާ ޕްރޮޖެކްޓުތައް ރާވައި ހިންގުން:
  • ޕްރޮޖެކްޓް ބަޖެޓް ތައްޔާރުކުރުން.
  • ޕްރޮޖެޓްތަކާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްކާ ކޯޑިނޭޓްކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ޕްރޮޖެކްޓް އޮޕަރޭޝަންސް ކޯޑިނޭޓްކުރުން.
  • ޕްރޮޖެކްޓް ރިޕޯޓުތައް ތައްޔާރުކުރުން.

 

ތަޢުލީމާއި ތަޖުރިބާ

  • ފައިނޭންސްގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
  • 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމް

ސޮފްޓަވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސޮފްޓަވެއަރ ޑިވެލޮޕަރ

މުސާރަ

މަހަކު -/25،000 ރުފިޔާ (ފަންސަވީސްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްރޮޖެކްޓް ސެކްޝަން

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 އަހަރުދުވަސް  (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު 8 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މަސަކަތްތައް އެފިޝަންޓު ކުރުމަށްޓަކައި އެސް.ޕީ.އައި.އެސް ސިސްޓަމަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުން.
  • އެސް.ޕީ.އައި.އެސް ސިސްޓަމުގައި މިހާރު ހަދާފައިވާ މޮޑިއުލްތަކަށް އެންސްޕާގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރުން.
  • އޮންލައިން ގަވަރމަންޓް-ޓު-ސިޓިޒަން ސަރވިސަސް ބޭނުންކޮށްގެން އެންސްޕާއިން ދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
  • އެންސްޕާއިންދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ ސަރުކާރުގެ ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، އެ ފަރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތަށް އެސްޕީއައިއެސް މެދުވެރިކޮށް އެފިޝަންޓްކޮށް ހޯދުމަށް ތަރައްޤީކުރަންޖެހޭ މޮޑިއުލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
  • އެންސްޕާގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، އެންސްޕާގެ މަސައްކަތްތައް އަހަރުން އަހަރަށް ރާވައި ހިންގުމަށް ބޭނުންވާ ސްޓެޓިސްޓިކްސްއާއި މަޢުލޫމާތު އެސްޕީއައިއެސްއިން އެއްކޮށް، އެ މައުލޫމަތު ސަރުކާރުގެ ކަމާގުޅޭ ފަރާތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ މޮޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • އެސް.ޕީ.އައި.އެސް އިމްޕްލިމެންޓްކުރުމަށް ބޭނުންވާ އެހެނިހެން ކަންތައްތައް
  • އެންސްޕާގެ ވެބްސްއިޓް އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ރަނގަޅުގޮތަކަށް ތަރައްޤީކުރުން.
  • އެންސްޕާގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެސް.ޕީ.އައި.އެސް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަޖޮބް ޓްރެއިނިންގގެ ގޮތުގައި ހިންގުން.

 

ތަޢުލީމާއި ތަޖުރިބާ

  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
  • 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީއަކުން ހުށަހެޅުން އެދެމެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  6. ފާސްޕޯޓް ސައިޒުގެ 1 ފޮޓޯ

ސުންގަޑި

2015 މޭ 26 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ޖޫން މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އަމީނީ މަގު) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3005330 ނަންބަރު ފޯނަަަަަަަަަަަަަަަަށެވެ. 

25 ރަޖަބު 1436

14 މޭ 2015
ހޯދާ