ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

GS 3

ރޭންކް

-/4465 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ 

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  1. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް އަދި ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ ޝަރުޠުތައް

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

މަސައްކަތްކުރަންޖެހޭ ސެކްޝަން
  1. މާލެއާއި އަތޮޅުތަކުގައި ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭގެ އަގުތައް ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ހޯދުން. އަދި ފޯނު ސަރވޭގެ މަސައްކަތް ކުރުން.
  2. މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ރޯމަހުގެ އަގުތައް ފިޝަރީޒް މިނިސްޓްރީން ކަނޑައެޅިފައިވާ ވަގުތައް ހޯދުން.
  3. މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ތަންތަނުގެ ކުލީގެ މަޢުލޫމާތުތައް ނޫސްތަކުން ހޯދައި، ކަނޑައެޅިފައިވާ ވަގުތައް އެއްކުރުން.
  4. މާލެއާއި އަތޮޅުތަކުން ސީ.ޕީ.އައި އަށް ހޯދުނު އަގުތައް ކޮމްޕިއުޓަރަށް ލުން.
  5. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) އެކުލަވާލުމަށް އެއްކުރެވި ކޮމްޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުން.
  6. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ރީބޭސް ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން. މިގޮތުން މާލެއާއި އަތޮޅުތަކުގެ ބާސްކެޓް އެކުލަވާލުމަށްޓަކައި ފިހާރަތަކަށް/ މަސައްކަތް ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ބާސްކެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  7. ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ހަމަހުން އެއްމަހު ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ކޮންސްޓްރަކްޝަން މެޓީރިއަލް ބާސްކެޓުގައި ހިމެނިފައިވާ ތަކެތީގެ އަގުތައް ހޯދުން.
  8. ކޮންސްޓްރަކްޝަން މެޓީރިއަލް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮމްޕިއުޓަރަށް ލުން.
  9. ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) އެކުލަވާލުމުމަށް އެއްކުރެވި ކޮމްޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުން.
  10. ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހު ހިންގޭ ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގެ މަޢުލޫމާތުތައް ހޯދުމުގައި ބައިވެރިވެ އެހީތެރިވުން
  11. ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮމްޕިއުޓަރަށް ލުމުގައި ބައިވެރިވެ އެހީތެރިވުން.
މަޤާމުގެ މަސްއޫލިއްޔަތު
  • މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

 - ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

 - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު

 - ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

26 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349395 ނުވަތަ 3349388 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

18 މޭ 2015
ހޯދާ