ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ފަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ