މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންޒަވޭޝަން އޮފިސަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ކޮންޒަވޭޝަން އޮފިސަރ - އައްޑޫ ސިޓީ ހިތަދޫ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ކޮންޒަވޭޝަން އޮފިސަރެއް ހޯދުމަށް ކުރެވުނު IUL)438/438/2015/84) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކޮންޒަވޭޝަން އޮފިސަރެއްގެ މަސައްކަތަކީ ޕްރޮޖެކްޓްގެ ޑޮކިޔުމަންޓާއި އެންވަޔަރަމަންޓް އަދި ސޯޝަލް ޑިޔު ޑިލިޖެންސް ޑޮކިޔުމަންޓްގައި ބަޔާން ކުރެވިފައިވާ ގޮތަށް މަޝްރޫޢު އަތޮޅާއި ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ، އިދާރީ އަދި ހިންގުމުގެ އެހީތެރިކަން ކަމާބެހޭ ފަރާތްތައް ކަމުގައިވާ، ސިޓި/ އަތޮޅު/ ރަށު ކައުންސިލް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، ޕްރޮޖެކްޓްގައި މަސައްކަތްކުރާ ފަރާތްތައް، ކޮންސަލްޓެންޓުން، ސަރުކާރުގެ ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރުން ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މަދަނީ ޖަމުޢިއްޔާތަކަށް ފޯރުކޮށްދިނުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

- އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން؛

- ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ދާއިރާގައި މަދުވެގެން (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

- އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މަސައްކަތަށް ޤާބިލު ފަރާތެއް ހޮވޭނީ ކެންޑިޑޭޓުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން ކަނޑައެޅޭ އުސޫލެއްގެ ދަށުންނެއެވެ.

މަސައްކަތަށް ހޮވޭ ފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000 ރުފިޔާއާއި -/15,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ތިރީސް ހައެއް (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 25 ވަނަ ދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން އެދެމެވެ.

      ޕްރޮޖެކްޓް މެނޭޖަރ

      ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

      މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

      ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

      ފޯނު: 3018419 960+، ފެކްސް: 3018301 960+

      އީމެއިލް: [email protected]

14 މޭ 2015
ހޯދާ