އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީޑަރޝިޕް ޓްރޭނިންގ އާއި ލައިފް ސްކިލްސް ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް

ލީޑަރޝިޕް ޓްރޭނިންގއާއި ލައިފް ސްކިލްސް ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ މުވައްޒަފުންނަށް ލީޑަރޝިޕް ޓްރޭނިންގއާއި ލައިފް ސްކިލްސް ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ޓްރޭނިންގ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް އެދެމެވެ. މި އިޢުލާނުގައިވާ ދެ ޓްރޭނިންގއަށް ވަކިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކަށާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

12 މޭ 2015
ހޯދާ